މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސްކިރުވޭ މިންވަރު ދަށްވުމުގެ ޝަކުވާއަށް ހައްލު ގެނައުމަށް މިފްކޯއިން އިތުރު 3 ބޯޓު ގަނެފިއެވެ.
ރާއްޖެއަށް މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު، މަސް ކިރުވުމުގައި ދަތިތަކާއި ދިމާވުމަކީ މަސްވެރިން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ
މިފްކޯއިން ބުނީ މިހާރު ކުރިއަށްދަނީ މި ބޯޓުތަކުގެ ރަޖިސްޓްރޭޝަން ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ. އިތުރު ތަފްސީލެއް މިފްކޯއިން ހާމަކޮށްފައި ނުވެއެވެ.
މިފްކޯއިން ދަނީ އެކުންފުނީގެ ކެޕޭސިޓީ އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ގަނެފައިވާ މަސް ބޯޓުތަކަކީވެސް މި މަސައްކަތުގެ ދަށުން ގަނެފައިވާ ބޯޓުތަކެކެވެ.
މިފްކޯގެ ފްލީޓުގައި މިހާރުވެސް ދެ ބޯޓު 190 ޓަނާއި ހަމައަށް މަސް ގަތުމުގެ ގާބިލްކަން ހުރި ބޯޓުތަކެކެވެ.