ދެކުނު ކޮރެއާގެ ކޯޗު ޕައުލޯ ބެންޓޯ އިސްތިއުފާ ދީއެވެ.
ކޮރެއާގެ ކޯޗުކަމުން ބެންޓޯ އިސްތިއުފާ ދިނީ ވޯލްޑް ކަޕްގެ ގަދަ 16 ގައި ރޭ ކުޅުނު މެޗުން ބްރެޒިލު އަތުން 1-4 އިން ބަލިވެ މުބާރާތާއި ކޮރެއާއިން އަލްވަދާއުކީ މެޗަށްފަހުއެވެ. ޕޯޗުގަލް ބެންޓޯ ބުނީ މިއީ މިދިޔަ ސެޕްޓެމްބަރުގައި ނިންމި ނިންމުމެއް ކަމަށާއި އެ ނިންމުން ބަދަލުނުކުރާނެ ކަމަށެވެ. ބެންޓޯ ކޮރެއާގެ ކޯޗުކަމާއި ހަވާލުވީ 2018 ގައެވެ. ބެންޓޯ ބުނީ ކޮރެއާގެ ކޯޗުކަމުން އިސްތިއުފާ ދިނުމާއި ވޯލްޑް ކަޕާއި އެއްވެސް ގުޅުމެއްނެތްކަމަށެވެ.
ބެންޓޯ ބުނީ މި ވޯލްޑްކަޕްގައި އަދި ފާއިތުވި ހަތަރު އަހަރު ކޮރެއާ ޓީމާއެކު ކުރެވުނު މަސައްކަތާއި މެދު ފަހުރުވެރިވާކަމަށް ބެންޓޯ ބުންނެވެ. އަދި ކުރިމަގާމެދު ދެން ގޮތެއް ނިންމާނީ ދުވަސްކޮޅަކަށް އަރާމުކޮށްލުމަށްފަހު ކަމަށެވެ.
ރޭގެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބެންޓީ ބުނީ ކޮރެއާގެ ކޯޗު ކަމުން އިސްތިއުފާދޭކަން ޓީމުގެ ކުޅުންތެރިންނަށާއި، ކޮރެއާގެ ފުޓުބޯޅައިގެ މައި އިދާރާގެ ރައީސްއަށް އަންގަވާފައިވާ ކަމަށެވެ.
ރޭގެ މެޗަކީ ބްރެޒިލަށް މޮޅު ހައްގު މެޗެއް ކަމަށާއި އެހެންނަމަވެސް ކްރެއާގެ ޓީމު އައިސްފައިވާ ހިސާބުން ފަހުރުވެރިވާ ކަމަށް ބެންޓީ ބުންޏެވެ. އަދި ކޮރެއާގެ ސްޓައިލަށް ކުޅުންތެރިން އިހްތިރާމު ކުރި ކަމަށާއި، ރޭގެ މެޗުގައި ކުޅުންތެރިންގެ ބުންވަރު ދަށްކަން ގަބޫލުކުރާ ކަމަށްވެސް ބެންޓޯ ބުންޏެވެ.
ބެންޓޯ އަކީ ޕޯޗުގަލްގެ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރެކެވެ. އޭނާ އެންމެ ފަހުން ވޯލްޑްކަޕުގެ މެޗަކުން ފެނިގެން ދިޔައީ 2002 ވަނަ އަހަރު ކްރެއާ އަތުން ޕޯޗުގަލް ބަލިވި މެޗުގައެވެ.