ނ. ލަންދޫއާއި ށ. މަރޮށީގައި އިމާރާތްކުރި ހެލްތު ސެންޓަރގެ އެކްސްޓެންޝަން އިމާރާތް ހުޅުވައިފިއެވެ.
މި ދެ އިމާރާތްވެސް ހުޅުއްވައިދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލެވެ.
މަރޮށީގެ އެކްސްޓެންޝަން އިމާރާތަށް ސަރުކާރުގެ ބަޖެޓުން 3.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މި އިމާރާތުގެ ސަބަބުން ށ. މަރޮށީގައި ސިއްހީ ހިދުމަތް އިތުރަށް ފުޅާވެގެން ދާނެކަމަށް މިނިސްޓްރީން ދެކެއެވެ. މި އިމާރާތް ހުޅުވުމާއި ގުޅިގެން ޕަބްލިކް ހެލްތު ޔުނިޓް އާއި އިދާރީ ހުރިހާ ބައެއް ވަނީ މި އިމާރާތަށް ބަދަލުކުރެވިފައެވެ.
ށ. މަރޮށީގެ އާބާދީގައި 900 އާއި ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅެމުން ދެއެވެ.

ލަންދޫގައި އިމާރާތްކުރި ހެލްތު ސެންޓަރގެ އެކްސްޓެންޝަން އިމާރާތް
ސަރުކާރުގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ލަންދޫގެ އާ އިމާރާތަށް ޚަރަދުކޮށްފައިވެއެވެ.
މި އިމާރާތުގެ ސަބަބުން ނ. ލަންދޫގައި ސިއްހީ ހިދުމަތް އިތުރަށް ފުޅާވެގެން ދާނެއެވެ. މި އިމާރާތް ހުޅުވުމާއި ގުޅިގެން ޕަބްލިކް ހެލްތު ޔުނިޓް އާއި އިދާރީ ހުރިހާ ބައެއް ވަނީ މި އިމާރާތަށް ބަދަލުކުރެވިފައެވެ.
ނ. ލަންދޫއަކީ އާބާދީގައި 1000އާއި ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅެމުން ދާ ރަށެކެވެ.
ސަރުކާރުން އަންނަނީ ކުޑަރަށެއް ބޮޑުރަށެއް ތަފާތު ކުރުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަމުންކަން ހެލްތު މިނިސްޓްރީން ފާހަގަކުރެއެވެ.