ދިވެހިރާއްޖޭގެ ހައި ކޯޓު

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ފަސް ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައިކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާން ކުރީ އެ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި ޝުއައިބު ހުސައިން ޒަކަރިއްޔާ މިމަހުގެ 22 ވަނަ ދުވަހު ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި 5 ބޭފުޅުން:
  • ޒީނަތު އަލީ - ދަފްތަރު. ނަންބަރު 2616 މާލެ
  • މުޙައްމަދު ޝަނީޒް އަބްދުﷲ - ހަނދުވަރީނާޒް، ގދ. ގައްދޫ
  • މަރިޔަމް ވަހީދު - ބެލޫން، ސ. ފޭދޫ
  • ރުޝްދުﷲ އިބްރާހީމް - ޖަވާހިރުމާގެ، ބ. މާޅޮސް
  • ފައްޔާޒު ޝާތިރު - ހަސަންކާރިގެ، ސ. މީދޫ

ހައިކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި 36،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާއާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އެލަވަންސާއި ފޯން އެލަވަންސް ވެސް ލިބޭނެ އެވެ.

ހައިކޯޓުގައި 11 ފަނޑިޔާރުން ތިއްބަވާއިރު ހައިކޯޓުގެ އިސް ފަނޑިޔާރުގެ ގޮތުގައި ހުންނެވި ހާތިފް ހިލްމީ ވެސް ވަނީ މިމަހު ރިޓަޔާ ކުރައްވާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *