ރިޒް ކާލްޓަން ރިސޯޓް

ސަރުކާރުގެ މަޝްރޫއުތައް ހިންގާ ފަރާތްތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިޒަމް ބޭނުމަށް ދޫކުރާނެ ހަ ރަށެއް ކަނޑައަޅަައިފި އެވެ.

މިއީ މިއަހަރުގެ ޖޫންމަހު ގެޒެޓުކޮށްފައިވާ ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ލިސްޓެކެވެ.

ކްރޮސް ސަބްސިޑީއަށް ތަންތަން ދޫކުރުމަކީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލްކުރަން ބޭނުންވާ އިޤްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާޢީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިޢުލާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢެއް ހަވާލުކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫޢަކަށް ޙަރަދުކުރާ ފަރާތަކަށް ޓޫރިސްޓް ރިސޯޓެއް ތަރައްޤީކުރުމަށް ރަށެއް ކުއްޔަށް ދޫކުރުމެވެ. އެގޮތުން އެއާޕޯޓުތައް އެޅުމަށާއި، ފެރީ ހިދުމަތް ދިނުމަށާއި، އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށްތައް ދޫކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި މިހާރު އާއްމުކޮށްފައިވާ ލިސްޓަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކްރޮސް ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްތަކެއް ކަމަށާ ކުރިއަށް އޮތްތާނގައި މި ލިސްޓަށް އުނި އިތުރުތައް އަންނާނެ ކަމަށެވެ.

ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިޒަމް ބޭނުމަށް ކަނޑައަޅާފައިވާ ރަށްތައް:
  1. ށ. ކުޑަޅައިމެންދޫ
  2. ނ. ކުންނަމަލެއި
  3. ޅ. މެއްޔަފުށި
  4. ތ. ދިއްފުށި
  5. ތ. ކަޅުފަހަލަފުށި
  6. ގއ. ފުޅަނގި

މި ލިސްޓުގައި މީގެ ކުރިން ރިސޯޓު ތަރައްގީކުރުމަށް ރައީސުލްޖުމްހުރިއްޔާ ކަނޑައަޅުއްވާފައިވާ ތިން ރަށެއް ވެސް ހިމެނެ އެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *