ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ނަޖީލް އަޙްމަދު އައްޔަން ކުރުން

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ނަޖީލް އަޙްމަދު، މއ.އަކިރިފުށި ދެކުނުބައި / ކ.މާލެ، ޢައްޔަންކޮށްފިއެވެ.

ނަޖީލަކީ އެކައުންޓިންގ އާއި ފައިނޭންސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ނަޖީލް ވަނީ އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ގަލޮޅުު ދެކުނު ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވާފައެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޓުގައި ނަޖީލްގެ އިތުރުން ތިއްބަވާ ބޭފުޅުންނަކީ އެ ބޯޑުގެ ރައީސް އާސިމް މުހައްމަދު، އާއިޝަތު ޝާޒްލީ، ރުޝާހާ އަހުމަދު ޝަރީފް، އަލީ ޝަފީއު އަދި އަހުމަދު ޝަރީފް ޔޫސުފް އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *