މިއަދުގެ ހެދުނުގެ ވަގުތެއްގައި، އިންޑިއާގެ ބެންގަލޫރުގައި ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރައްވާފައިވާ ސަމަރުބުލޫ އިބްރާހިމް މަނިކުގެ ޖަނާޒާ އާއި ކަށުނަމާދުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އާއިލާއިން އެދިއްޖެއެވެ.
އާއިލާގެ ފަރާތުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ އިބްރާހިމް މަނިކުގެ ޖަނާޒާ އޮންނާނީ މިއަދު އަސުރު ނަމާދަށްފަހު 16:45 ގައި ބެންގަލޯގެ ޤުއްދޫސް ސެމެޓްރީގައި ކަމަށެވެ. މޫނުދެއްކުން އޮންނާނީ 3:30 ހުން ފެށިގެން ކަމަށްވެސް އާއިލާއިން ބުނެއެވެ.
އޭނާގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އިބްރާހިމް މަނިކުގެ ދަރިން ކަމުގައިވާ ނުހާ އިބްރާހިމް، ޟުހާ އިބްރާހިމް، ޢުލާ އިބްރާހިމް ގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވީހާވެސް ގިނަ ބަޔަކު ބައްޕަގެ ޖަނާޒާގައި ބައިވެރިވުމަށް އެދޭ ކަމަށެވެ.
އިބްރާހިމް މަނިކުގެ އަވަހާރަވުމާއި ގުޅިގެން ތައުބީނުގެ ޖަލްސާ ބޭއްވުމަށާއި، ތަޢުޒިޔާގެ ދަފްތަރެއް ހުޅުވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.