"އުރީދޫ ފަން ރަން"ގައި ބައިވެރިވުމުގެ ފުރުސަތު މިރޭ ހަމަވާނެއެވެ.

އުރީދޫއިން ބުނީ މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިރޭ 23:59އަށް ހަމަވާނެކަމަށެވެ. އެހެންކަމުން، ވީހާވެސް ގިނަ ބަޔަކު ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް އުރީދޫއިން އެދިފައިވެއެވެ.

އުރީދޫއިން ބުނީ ފަން ރަން އަކީ، އުރީދޫ ކަލާ ރަންއަށް ބަދަލުތަކެއް ގެނެސްގެން ބާއްވާ ދުވުމެކެވެ.

މިދުވުމުގެ ހޯސްޓް ޕާޓްނަރަކީ އެޗްޑީސީއެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ. އެގޮތުން އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، އެ ސަރަހައްދެއްގައި ބަހައްޓާފައިވާ ސްޓޭޝަންތަކުގައި ކުލަ ޖެހުމުގެ އިތުރުން ފެން ޖެހުން ފަދަ މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަންޖެހޭ ރޭހަކަށް ނުވާތީ ހިނގާފައިވެސް ޖޮގުކޮށްފައިވެސް ރޭސް ނިންމިދާނެއެވެ.

މި ދުވުމުގައި ހަ އަހަރުން މަތީގެ ހުރިހާ މީހުންނަށްވެސް ބައިވެރިވެވޭނެއެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ މީހުންނާއި އާއްމުކޮށް ދުވާ މީހުންނަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.

އުރީދޫ ފަން ރަންއަށް ސްޓޭންޑާޑް ކިޓްސް އަދި ފަން ކިޓްސް ވިއްކައެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑެއް ހިމެނޭ އިރު، އޭގެ އަގަކީ 100 ރުފިޔާއެވެ. އަދި 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި ފޮތި ދަބަހާއި އައިނު އަދި ބަންޑާނާ ހިމެނެއެވެ.

އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 23 ވަނަ ދުވަހު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *