އީޕީއޭއިން ހުޅިދޫގެ ވެއްޓަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް ސާވޭ ކުރަނީ

ވ. އަންބަރާ އާއި ވ. ހުޅިދޫގެ  ތިމާވެއްޓަށް ދީފައިވާ ގެއްލުންތަކަށް ޖަވާބުދާރީ ވުމަށް އެރަށްތައް ކުށްޔަށް ނަގާފައިވާ ކުންފުނިތަކަށް އަންގައިފިއެވެ.

އަންބަރާ އާއި ހުޅިދޫ ހޯދުމަށް ކެމްޕޭންކޮށް ވ. އަތޮޅު ކައުންސިލުން ވަނީ  އެދެރަށް ކުށްޔަށް ނަގާފައިވާ ފަރާތުން ދެ ރަށުގެ ގުދުރަތީ ވެއްޓަށް ގެއްލުންދީފައިވާ ކަން އެންވަޔަރމެންޓް ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ) ގެ ސަމާލުކަމަށް ގެނެސްފައެވެ. އޮކްޓޫބަރު 20 ގައި އީޕީއޭގެ ޓީމަކުން އެ ދެ ރަށަށް ގޮސް، ލިބިފައިވާ ގެއްލުންތައް ބެލުމަށް ސާވޭއެއް ކުރިއެވެ.

ހުޅިދޫގައި ރައްޔިތުން ކުރަމުންދާ އިހުތިޖާޖު

އީޕީއޭގެ ސާވޭއަށް ފަހުން ފާހަގަކުރެވުނު ކަންކަމަށް ޖަވާބުދާރީވުމަށް ކުންފުނިތަކަށް އަންގާ އީޕީއޭއިން ވަނީ ސިޓީ ފޮނުވާފައެވެ. އަދި އެ ސިޓީ ވ. އަތޮޅު ކައުންސިލާއި ހިއްސާކޮށްފައިވެއެވެ.

އެ ދެރަށް ކުށްޔައް ހިފާފައިވާ ފަރާތްތަކުން އެދެ ރަށުގެ ގުދުރަތީ ވެއްޓަށް ބޮޑެތި ގެއްލުންދިން ކަމަށްބުނެ ވ. އަތޮޅު ކައުންސިލާއި އެއަތޮޅުގެ ރައްޔިތުން ވަނީ މިދިޔަ މަހު އެ ދެ ރަށަށް އަރާ ނުރުހުން ފާޅުކޮށް އެދެރަށް އަނބުރާ ހޯދުމަށް ބޮޑު ކެންޕޭނެއްވެސް ކުރިޔަށް ގެންގޮސްފައެވެ.  ކައުންސިލާއި އަތޮޅުގެ ރައްޔިތުން ހިތްހަމަ ނުޖެހުން ފާޅުކުރީ އެއްބަސްވުމާއި އެއްގޮތަށް އެ ދެ ރަށުގައި މަސައްކަތް ކޮށްފައިނުވާތީ އެވެ.

ރިސޯޓެއް ހެދުމަށް 50 އަހަރަށް އަންބަރާ ކުށްޔަށް ހިފާފައިވަނީ ހަނދުވަރު އޯޝަން ކިޔާ ކުންފުންޏަކުންނެވެ. ހުޅިދޫ އަކީ އާރަށް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓް ކިޔާ ކުންފުންޏަކަށް ދަނޑުވެރިކަން ކުރުމަށް 21 އަހަރަށް ކުށްޔަށް ދީފައިވާ ރަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *