ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ގަބޫލު ނުކުރެވޭކަމަށް މެޓް އޮފީހުން ބުނެފިއެވެ.
ގދ. ކާޑެއްދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރިކޯޑް ކުރާ މީޓަރަށް ރޭ ދަންވަރު 00:11 ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައިވާ ކަމަށް ވަނީ ރިކޯޑް ކުރެވިފައެވެ. އެކަން މެޓް އޮފީހުންވެސް ކަށަވަރު ކޮށްދީފައިވެއެވެ.
— Maldives Meteorology (@MetMaldives) November 29, 2022
ބިން ހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ގއ. ވިލިނގިލިއަށެވެ.
އެރަށުގެ މީހުން ވަނީ ބިން ހެލުމުގެ އަސަރު ކުރިކަން އިހްސާސްވިކަން ފާހަގަކޮށް އެކަން ހިއްސާކޮށްފައެވެ.