ނ.ލަންދޫ މާބަދިގެ ސަރަޙައްދު ސައިޓް މިއުޒިއަމްއެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ ފޭސް 1 ގެ މަސައްކަތް ގެދޮރު ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ އާއި ހަވާލުކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ލަންދޫ މާބަދިގެ ސަރަހައްދު ސައިޓް މިއުޒިއަމެއް ގޮތަށް ތަރައްޤީ ކުރުމަށް ގެދޮރު ކޮންސްޓްރަކްޝަނާއި ހަވާލުކުރުމަށް ވެވުނު އެއްބަސްވުމުގައި ކަލްޗަރަލް ހެރިޓޭޖް މަރުކަޒުގެ ފަރާތުން ސޮއި ކުރެއްވީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގެވެ.
ނ.ލަންދޫ މާބަދިގެ ސަރަޙައްދު ސައިޓް މިއުޒިއަމްއެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ ފޭސް 1 ގެ މަސައްކަތް ގެދޮރު ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ އާ މިއަދު ހަވާލުކުރެވިއްޖެ. މަރުކަޒުގެ ފަރާތުން އެގްރީމެންޓްގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ @ManadhooThoriq
(1/2) pic.twitter.com/gcy70jlYto— National Centre for Cultural Heritage (@HeritageMv) November 28, 2022
މި މަޝްރޫއަކީ -/4,998,541.40 ރުފިޔާ ހޭދަވާ މަޝްރޫއެއް ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ. މި މަޝްރޫޢަކީ އިންޑިޔާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ގްރާންޓްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.