ދިވެހި ރުފިޔާ ޑިޖިޓަލް ކަރަންސީއެއްގެ ގޮތުގައި ބޭނުން ކުރެވޭ ގޮތް ހެދުމަށް މިނިސްޓްރީ އޮފް އެންވަޔަރމެންޓް، ކުލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން މަސައްކަތް ކުރަމުން އެބަދެއެވެ.
މިކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް އެ މިނިސްޓްރީން ހުށަހަޅާފައިވާ އަހަރަި ރިޕޯޓާއި ގުޅޭ ޕްރެޒެންޓޭޝަނެއްގައެވެ.
އެ ކޮމިޓީއަށް މިއަދު ހުށަހެޅި ޕްރެޒެންޓޭޝަނުގައި ބުނެފައިވަނީ ރާއްޖޭގަްި ފިނޭންޝިއަލް ޓެކްނޮލޮޖީ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މޯލްޑިވްސް މަނިޓަރީ ބޭންކް (އެމްއެމްއޭ) އާއި ގުޅިގެން ދިވެހި ރުފިޔާ ޑިޖިޓަލް ކަރަންސީއެއް ގޮތަށް ބޭނުން ކުރެވޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ސަރުކާރުގެ އޮފީސްތަކާއި އިދާރާތަކުގެ މެދުގައި މުއާމަލާތް ކުރުމަށް ބޭނުންކުރާ ގަވްމެންޓް އީ ލެޓާ މެނޭޖްމެންޓް ސިސްޓަމް (ޖެމްސް)ގެ އާ ވާޝަން ތައްޔާރުކުރުމުހެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެ އާއި އެކު އެއް އިދަަރާއިން އަނެއް އިދާރާއަށް މުއާމަލާތް ކުރުމުގައި އެއްވެސް ވަރަކަށް ކަރުދާސް ބޭނުން ކުރަން ނުޖެހޭ ގޮތް ހެދުންވެސް ހިމެނެއެވެ.
އަދި އަންނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ކައުންސިލްތަކާއި ސުކޫލުތަކާއި ސިއްހީ މަރުކަޒުތަށް ހިމެނޭހެއް ގާތްގަނޑަކަށް 1000 އިދާރާއެއް އޮންލައިން ވިއުގައަކުން ގުޅާލުމުުގެ މަސައްކަތްވެސް ޓެކްނޮލޮޖީ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.
އަދި ރާއްޖޭގެ ދެ ޔުނިވަސިޓީ އޮންލައިންކޮށް ގުޅުވާލާ ހަޔަރ އެޑިއުކޭޝަން ނެޓްވޯކެއް ގާއިމު ކުރުމުގެ މަސައްކަވެސް މިނިސްޓްރީން އަންނަނީ ކުރަކުންނެވެ.