މީޑިއާ ކައުންސިލަށް އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ނަންތައް އާންމު ކޮށްފިއެވެ.

ޑިސެމްބަރު 10 ގައި ބާއްވަން ހަމަޖެހިފައިވާ މީޑިއާ ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ހޯމް މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ.

ޝަރުތު ހަމަވާ ކެންޑިޑޭޓުންނަކީ: 1. އަހުމަދު އާޒިފު - ސަން އޮންލައިން
2- މުހައްމަދު އަފްޟަލް - ދީނުގެ މަގު
3- މޫސާ ރަޝީދު - މިހާރު އޮންލައިން
4- މުހައްމަދު ސިމާޢު - ވަން އޮންލައިން
5- ޝިމްލާ އަހުމަދު - އޭއޯ ނިއުސް
6- މުހައްމަދު އަފްރާހު - ތިލަދުން
7- އަލީ ނިޝާން - އާފަތިސް އޮންލައިން
8- ހުސައިން ޝަރީފް - ވަގުތު އޮންލައިން
9- އަހުމަދު މުސްތަފާ - ޕަބްލިކް ސަރވިސް މީޑިއާ
10- މުހައްމަދު ފަޟްލޫން - ސަންގު ޓީވީ

މީގެ އިތުރުން އަމިއްލަގޮތުން 12 ކެންޑިޑޭޓަކު މި އިންތިހާބުގައި ވާދަ ކުރެއެވެ. އަމިއްލަ ގޮތުން ވާދަ ކެންޑިޑޭޓުންވާން ޖެހޭނީ އެއްވެސް މީޑިއާ އެއްގައި އެއްވެސް ކަހަލަ މަސައްކަތެއް ނުކުރާ މީހުންނަށެވެ.

މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ މީޑިއާތައް ތަމްސީލުކުރާ 8 މެންބަރުންނާއި އާމުންގެ ތެރެއިން އިންތިހާބު ކުރެވޭ 7 މެންބަރުންނާއި އެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ. މިހާރު މީޑިއާ ކައުންސިލުގައި ތިއްބެވި 15 މެންބަރުން ތެރެއިން 13 މެންބަރެއްގެ ދައުރު އަންނަ މަހުގެ 14 ވަނަ ދުވަހަށް ހަމަވާނެއެވެ. އޭގެތެރޭގައި ހިމެނެނީ މ8ޑިއާތައް ތަމްސީލު ކުރާ 7 މެންބަރުންނާއި އާންމު މެންބަރުންގެ ތެރެއިން 6 މެންބަރެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *