ރ. ރަސްމާދޫ ދެކުނު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ، އަލްފާޟިލް އާދަމް އާޒިމެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝަނާ ފާރޫގެވެ.

މި

މަޝްރޫޢުގެ ދަށުން، 157 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 283 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 2,500 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 17.88 މިލިއަން
ރުފިޔާއަށް 210 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫޢެކެވެ.

901 މީހުންގެ އާބާދީގެ ރ. ރަސްމާދޫއަކީ ރަށް ގިރުމުގެ ިބިރުވެރިކަން ޒަމާނުއްސުރެ ތަހައްމަލުކުރަމުން އައިސްފައިވާ ރަށެކެވެ. ބިމުގެ ބޮޑުމިނުގައި 26 ހެކްޓަރު އޮންނަ މި ރަށުން ރަށްގިރުމުގެ ސަބަބުން ވަށައިގެން އެތަކެއް ގެއްލުމެއް ވަނީ ލިބިފައެވެ. އަދި އެތައް ރުއްގަހެއްވެސް ވަނީ ވެއްޓި ހަލާކުވެގެން ގޮސްފައެވެ. އުތުރުފަރާތާއި ދެކުނުންވެސް ގޮނޑުދޮށުން ބޮޑު ބަޔެއް ގިރާފައިވުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށުގެ މަލަމަތީގައި ހުންނަ ހިތްގައިމު ރީތިކަންވެސް ވަނީ ވަރަށް ބޮޑަށް ނެތިގެން ގޮސްފައެވެ.

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ހަވާލުކުރި ރ. ރަސްމާދޫ އުތުރު ފަރާތުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް މި ކުންފުނިން ވާނީ 29 ސެޕްޓެމްބަރ 2022 ވަނަ ދުވަހު ފުރިހަމަކޮށް ނިންމާފައެވެ. އަދި، މިއަދު ސޮއިކުރެވިގެން ދިޔަ ދެކުނު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިންމާލެވުމުން، މި ރަށު ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ބޮޑުތަނުން ހައްލު ލިބިގެންދާނެއެވެ. ވީމާ، މިއީ ހަމަގައިމުވެސް ރަސްމާދޫ ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބި ރައްޔިތުންނަށް އެތަށް ގުނައަކުން އުފާވެރިކަމާއި ތަސައްލީ ގެނުވާނެ މުހިންމު މަޝްރޫޢުއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *