ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަބުރަށް ގެއްލުން ލިބޭގޮތަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ޓްވީޓް ކުރި މައްސަލައިގައި ޝަރީފާ ދެކޮޅަށް ރައީސް ނަޝީދު ދައުވާ ކޮށްފިއެވެ.
މެންބަރު އިބްރާހީމް ޝަރީފު މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 1:37 ހާއިރު ކުރެއްވި ޓްވީޓެއްގައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓާލަން 50 މީހަކު މަރާލައި އެ މީހުންގެ މަރުތައް ރައީސް މައުމޫނުގެ އިސްތަށިފުޅުގައި އަޅުވަން ރައީސް ނަޝީދު ރޭއްވެވި ކަމަށް ވިދާޅުވެފައިވެ އެވެ.
އަދި އެކަން ހުއްޓުވަން އެމްޑީޕީގެ އެއިރުގެ ޕާލިމަންޓްރީ ގްރޫޕުން ގަރާރެއް ފާސްކުރި ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.
ނަޝީދުގެ ފަރާތްޕުޅުން އަބުރުގެ މައްސަލައިގައި ކޯޓަށް މައްސަލަ ހުށަހެޅުއްވި ލޯ ފާމުން ބުނެފައިވަނީ ޝަރީފް އަބުރާބެހުމުގެ އަމަލެއް ހިންގާފައިވާ ކަމަށް ކަނޑައަޅައި އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު އޭނާގެ ކިބައިން ނަަގައިދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.