2017 ވަނަ އަހަރުގެ މިސް ވޯލްޑްގެ ލަގަބު ކާމިޔާބުކޮށްފައިވާ ރީތީގެ ރާނީ މަނޫޝީ ޗިލަރ، ބޮލީވުޑްގެ މަޝްހޫރު ދެ ބަތަލުން ކަމަށްވާ އަކްޝޭ ކުމާރު އަދި ޓައިގަރ ޝްރޮފްއާއިއެކު ފިލްމަކުން ފެންނަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

ޕިންކްވިލާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މަނޫޝީ ފެނިގެންދާނީ އަކްޝޭ އަދި ޓައިގަރ އާއިއެކު ފިލްމު "ބަޅޭ މިޔާން ޗޯޓޭ މިޔާން" އިންނެވެ. އަލީ އައްބާސް ޒަފަރު ޑައިރެކްކުރާ މި ފިލްމަކީ ވަރަށް ބޮޑު ބަޖެޓަކާއި އެކު މަސައްކަތް ފަށާ ފިލްމެކެވެ. އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަޅޭ މިޔާން ޗޯޓޭ މިޔާންގެ އަންހެން ލީޑް ރޯލުން ތިން ބަތަލާއިން ފެނިގެންދާނެއެވެ.

ބަޅޭ މިޔާން ޗޯޓޭ މިޔާން ސިނަމާތަކުގައި އަޅުވާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ޖެއުނަރީ ގައެވެ. އެގޮތުން 100 ދުވަހުގެ މުއްދަތަކަށް، އިންޑިއާ ޔޫރަޕް އަދި ޔޫއޭއީ ގައި ފިލްމުގެ ޝޫޓިންތައް ކުރިއަށްދާނެއެވެ. ބަޅޭ މިޔާން ޗޯޓޭ މިޔާން ޕްރޮޑިއުސްކޮށްފައިވަނީ ޖެކީ ބެގްނާނީ އަދި ވަޝޫ އެވެ.

މަނޫޝީ ބޮލީވުޑަށް ތައާރަފްވެފައިވަނީ އަކްޝޭ ކުމާރުއާއިއެކު ފިލްމު "ސަމްރާތު ޕްރިތްވިރާޖު" އިންނެވެ. އެ ފިލްމަކީ ޔަޝް ރާޖުގެ ފިލްމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *