މިހާރު ގަތަރުގައި ފަށައިގެން ކުރިއަށްގެންދާ ފީފާ ވޯލްޑްކަޕް މުބާރާތުގެ ތަށި އުފުލާލުމަކީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީގެ ވަރަށް ބޮޑު ހުވަފެނެކެވެ.

ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖްގައި މިދިޔަ އަންގާރަ ދުވަހު ސައުދީ އަރަބިއްޔާ އަދި އާރޖެންޓިނާ ބައްދަލުކުރި މެޗް ކާމިޔާބު ކޮށްފައިވަނީ ސައުދީއަރަބިއްޔާއިންނެވެ. ސައުދީ އަތުން ބަލިވެގެން ދިޔައީ އާރޖެންޓީނާ، މެސީ އަދި އެ ގައުމަށް ސަޕޯޓްކުރާ އެތައް ބައެއްގެ ހިތް ކުދިކުދި ވެގެން ދިޔަ ކަމަކަށެވެ.

ސައުދީ އަތުން ބަލިވުމަށްފަހު، ރޭގެ މެޗަށް އާރޖެންޓީނާ އަދި މެސީ ނިކުތީ ބޮޑު ޕްރެޝަރަކާއި އެކުގައެވެ. އާރޖެންޓީނާ އަދި މެސީއަށް އިތުބާރުކޮށްގެން ތިބި އެތައް ބަޔަކަށް އެ ޓީމް ބަލިނުވާނެ ކަން ސާބިތުކޮށްދިނުމުގެ ޕްރެޝަރެވެ. އެގޮތުން ރޭ ކުޅުނު އާރޖެންޓީނާ އަދި މެކްސިކޯ ބައްދަލުކުރި މެޗް އާރޖެންޓީނާ އިން ވަނީ 2 ލަނޑު 1 ލަނޑުން ކާމިޔާބުކޮށްފައެވެ.

ރޭގެ މެޗްގައި މެސީ އަދި އެހެން ކުޅުންތެރިން ދެއްކި މޮޅުކުޅުން ވަނީ، މާޔޫސްވި ސަޕޯޓަރުންނަށް އިތުރު އުންމީދެއް ލިބުނު ކަމަކަށެވެ. ސައުދީ އާއި ބައްދަލުކުރި މެޗަށް ފަހު މެސީ ވަނީ ސަޕޯޓަރުން ކައިރި ޓީމަށް އިތުބާރު ކުރުމަށް އެދިފައެވެ. ރޭގެ މެޗަށް ފަހު މެސީ މިވަނީ އިތުބާރުކުރުމަށް ބުނީ ކީއްވެގެންކަން މޮޅަކުން ސާބިތުކޮށްދީފައެވެ.

މިފަހަރުގެ ވޯލްޑްކަޕް ވެގެންދާނީ މެސީގެ ފަހު ވޯލްޑްކަޕަށެވެ. އެހެންކަމުން މުބާރާތް ކާމިޔާބުކޮށް ތަށި ހާސިލްކުރުމަކީ މެސީގެ ވަރަށް ބޮޑު ހުވަފެނެކެވެ. މެކްސިކޯ އަތުން މޮޅުވެ ލިބުނު ތިން ޕޮއިންޓް ވެގެންދާނީ މެސީގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ލިބުނު އިތުރު ހިތްވަރަކަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *