2022 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް ބްރެޒިލް އަށް ފެށުނީ މޮޅަކުންނެވެ. އެހެންނަމަވެސް، ބްރެޒިލްގެ ތަރި ކަމަށްވާ ނޭމަރއަށް މިވަނީ ބޮޑު އަނިޔާއެއް ލިބިފައެވެ.
ސާރބިއާ އަދި ބްރެޒިލް ބައްދަލުކުރި މެޗް 2 ލަނޑު 1 ލަނޑުން ބްރެޒިލް ކާމިޔާބުކުރިއިރު މެޗްތެރޭގައި ވަނީ ނޭމަރ އަނިޔާ ވެގެން ބާލައިފައެވެ. އެގޮތުން، ނޭމާގެ ފަޔަށް އެންމެ ބޮޑަށް ތަދުވީ ސާބިއާގެ ކުޅުންތެރިޔާ ނިކޮލާ މިލެންކޮވިޗް ކުރި ފައުލަކުންނެވެ.
ބޭރުގެ މީޑިޔާތަކުގައި، ރިޕޯޓްކޮށްފައިވާ ގޮތުގައި، ނޭމާގެ ފައިގެ އެމްއާރުއައި ހެދި އިރު، ކުޑަހުޅުގެ ލިގަމަންޓަށް ގެއްލުން ލިބިފައިވާ ކަމަށާއި އަދި ނޭމާ އަލުން ފަރިތަކުރުންތަކުގައި ބައިވެރި ކުރުމަށްޓަކައި ބްރެޒިލްގެ މެޑިކަލް ޓީމުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމުގެ މަސައްކަތް ކުރާނެއެވެ.
ނޭމާ އަށް މި ލިބުނު އަނިޔާގެ ސަބަބުން މިމަހުގެ 28 ވަނަ ދުވަހު ސްވިޒަލެންޑާ ދެކޮޅަށް ކުޅޭ މެޗާއި ޑިސެމްބަރު 3 ވަނަ ދުވަހު ކެމަރޫންއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ އަށް ނުކުޅެވޭނެއެވެ.