22 ކެރެޓަށް ވުރެ ގިނައިން ރަން އަޅައިގެން ސްރީލަންކާއަށް ދެން އެތެރެއެއް ނުވެވޭނެއެވެ.
ލަންކާގެ ފިނޭންސް މިނިސްޓްރީ އިން މިއަދު އާއްމުކުރި އާ އުސޫލެއްގައި ބުނެފައިވަނީ، ލަންކާގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އެކްސްޕޯޓްސް އިން ހުއްދަ ނުނަގައި 22 ކެރެޓަށްވުރެ ގިނައިން ރަން އަޅައިގެން ލަންކާއަށް އެތެރެވުމަށް މަސައްކަތް ކުރާނަމަ ހުއްޓުވާނެ ކަމަށެވެ.
އެގޮތުން އެގޮތަށް އުސޫލު ހަރުކަށި ކުރީ، އެ ގައުމަށް ވަގަށް ރަން އެތެރެ ކުރުން ހުއްޓުވުމުގެ ގޮތުންނެވެ. ލަންކާ އަށް ވަގަށް ރަން އެތެރެ ކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ވަރަށް ބޮޑުއިރު، އެފަދަ މައްސަލަތަކުގައި ގިނަ ބަޔަކު ހިފަހައްޓާފައިވެއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިކަމާބެހޭ ތަފްސީލުތައް ލަންކާ ސަރުކާރުން ވަރަށް އަވަހަށް ހާމަކުރާނެއެވެ.