ރައީސް ސޯލިހާއި ފެނަކަ އެމްޑީ ސައީދު

އަތޮޅުތެރޭގައި ފޯރުކޮށްދޭ ކަރަންޓާއި ފެނުގެ ހިދުމަތިން ނަގާ އަގު މާލެއާއި އެއް ހަމަ ކުރެވޭނެ ގޮތެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން މިގޮތަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހަޅުއްވާފައިވާ ގަރާރަކާއި ގުޅިގެންނެވެ. މެންބަރު ޝިޔާން ހުށަހަޅުއްވާފައިވާ ގަރާރުގައިވަނީ ސްޓެލްކޯއާއި ފެނަކައިން ކަރަންޓްގެ ހިދުމަތް ދޭ ރަށްރަށާއި ގްރޭޓަރ މާލެ ސަރަހައްދުގައި ވިޔަފާރިތަކަށް ބިލް ކުރަމުން ގެންދާ ރޭޓާއި ބޭންޑް ކުރުންތަކުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލާ އެކަން ހަމަ ހަމަ ކުރުމަށް ސަރުކަާރަށް ގޮވާލައްވާ ކަމަށެވެ.

ކޮމިޓީން ފާސްކޮށްފައިވަނީ މާލެއާއި އަތޮޅުތެރޭގެ ކަރަންޓްގެ އަގު އެއް ހަމަ ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް 6 މަސް ދުވަހުގެ މުއްދަތެއް ކުންފުނިތަކަށް ދިނުމަށެވެ. އެގޮތުން ކުންފުނިތަކަށް ލާޒިމު ތިން ކަމެއް ކުރުމަށް އެންގުމަށްވެސް ފާސްކޮށްފައިވެއެވެ.

އޭގެތެރޭގައި، އެކި މޮޑެލްތަކުގެ އެކި ޓެކްނޮލޮޖީގައި ކަރަންޓް އުފައްދަން ކުރަން ޖެހޭ ހަރަދު ތަފަަތުވާތީ އެ ތަފަަތުތަކަށް ރިއާޔަތް ކޮށް ސީދާ ޓެރިފަށް ކުރާ އަސަރު ދެނެގަނެ ކަރަންޓްގެ ހިދުމަތް ހަމަހަމަ ގޮތެއްގައި ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށް ފުރިހަމަ ޓެރިފް ރިވިއު އެއް ހެދުން، މާލެއާއި ރަށްރަށުަގައި ހިންގާ ވިޔަފާރިތަކުގެ ޓެރިފް ރޭޓްތައް އެކި ގިންތިތަކަށް އެއް ހަމަ ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް ނިންމުން،
ކަރަންޓް ދިނުމަށް ބޭނުން ކުރާ ސިސްޓަމްގެ އެފިޝިއަންސީ އިތުރުކޮށް ކުންފުނިތައް ހިންގުމުގެ ހަރަދުތަކާއި ޑީސަލް ހަރަދު ކުޑަކޮށްގެންނާއި އިޔާދަކުރަނިވި ހަކަތައިހެ ވަސީލަތްތައް ބޭނުން ކޮށްގެން ކަރަންޓް އުފައްދާ މިންވަރު އިތުރުކޮށް ޓެރިފް ރޭޓްތައް ކުޑަ ކުރުމަށް ކުރެވެން ހުރި އެންމެހާ ކަމެއް ކުރުން ހިމެނެއެވެ.

އަދި ފެނާއި ނަރުދަމާގެ ހިދުމަތަށް ބިލުކުރުމުގައި ހުރި ތަފާތުކުރުންތައް ނައްތާލާ އެއްހަމަ ކުރުނުގެ މަސައްކަޔް 2023 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ނިންމުމަށް ކުންފުނިތަކަަށް އެންގުމަށް ކޮމިޓީން ވަނީ ނިންމަަފައެވެ.

މި ގަރާރާއި ގުޅިގެން ފެނަކަ އާއި ސްޓެލްކޯ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށް މަޝްވަރާ ކުރައްވާފައިވެއެވެ.
ސްޓެލްކޯއިން ކޮމިޓީގައި ބުނީ އަތޮޅު ތެރެއާއި މާލެ އާއި އަގު އެއް ހަމަ ކޮށްފި ނަމަ އެ ކުންފުންޏަށް އަހަރަކު 35 މިލިއަން ރުފިޔާ ގެއްލޭނެ ކަމަށެވެ.

ފެނަކައިން ކޮމިޓީގައި ބުނީ މާލެއާއި އެއްއަގަކަށް އަތޮޅު ތެރޭގައި ކަރަންޓް ފޯރުކޮށްދޭ ނަމަ އެ ކުންފުންޏަށް އަހަރަކު 41.2 މިލިއަން ރުފިޔާ ގެއްލޭނެ ކަމަށެވެ.

މިކަމުގައި ދެން ގޮތެއް ނިންމާނީ ކޮމިޓީގެ ރިޕޯޓް ތަޅުމަށް އިއްވާ މަޖީލީހުގެ ތަޅުމުންނެވެ. އެސްއޯއީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް ވަނީ ތަޅުމަށް ފޮނުވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *