އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ކާނި ހޮޓަލްސް އެންޓް ޓުއާސްއިން އއ. އުކުޅަހުގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށް ނިންމައިފިއެވެ.

އުކުޅަހުގެ ކައުންސިލް އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމްއެވެ. ކާނި ހޮޓަލްސް އެންޑް ޓުއާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ)އެވެ.

އުކުޅަހުގައި ކާނި ހޮޓަލްސްއިން ތަރައްގީކުރުމަށް ނިންމާފައިވަނީ 250 އެނދުގެ ހޮޓަލެކެވެ.

މިއީ 8،000 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި ތަރައްގީކުރާ 10 ބުރީގެ ހޮޓަލެކެވެ.

ކާނި ހޮޓަލްސްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ބިމު ކުލީގެ ގޮތުގައި މަހަކު 160،000 ރުފިޔާ އަދި ސީއެސްއާރް ގޮތުގައި އަހަރަކު 300،000 ރުފިޔާ ލިބޭނެ ކަމަށް އުކުޅަހު ކައުންސިލުން ބުނެއެވެ. އިއުއިޒިޝަން ކޮސްޓުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ކައުންސިލަށް ލިބިފައިވާކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

ކާނި ހޮޓެލްސްއިން އަންނަނީ ރާއްޖެގޭ އެހެން ސަރަހައްދުތަކުގައިވެސް ގެސްޓްހައުސްތައް ހިންގަމުންނެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *