ހަރަކާތްތަކުގައި ރޮބޯ މޭންވެސް ބައިވެރިވެފައިވޭ

ބޯޅަފޯރީގެ  ހަރަކާތްތަކަށް  ހާއްސަ  ކޮށްގެން  ރޮބޯމެންގެ  ހަވީރެއް  ބޭއްވުމަށް  ނިންމައިފިއެވެ.

ހައުސިން  ޑިވޮލޮޕްމެންޓް  ކޯޕަރޭޝަން  (އެޗްޑީސީ)  އިން  އިސްނަގައިގެން،  މިހާރު  ކުރިއަށް  ދާ  ފީފާ  ވޯލްޑްކަޕްގެ  މެޗްތައް  ހުޅުމާލެ  ރައްޔިތުންނަށް  ދެއްކުމަށް  ގެންދާ  ބޯޅަފޯރީގެ  ހަރަކާތްތަކުގެ  ތެރެއިން،  ރޮބޯމެންގެ  ހަވީރެއް  ބޭއްވުމަށް  ވަނީ  ނިންމައިފައެވެ.

މީޑިއާތަކަށް  މައުލޫމާތު  ދެމުން އެޗްޑީސީ  އިން  ބުނެފައިވަނީ، ހުޅުމާލެ ދެ ސަރަހައްދެއްގައި ވަނީ ބޮޑު ސްކްރީނުގައި ވޯލްޑް ކަޕް ބެލުމުގެ އިންތިޒާމް ހަމަޖައްސާފައި  ކަމަށާއި  އަދި އެ ސަރަހައްދުގައި އިތުރު ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް  އެ ކޯޕަރޭޝަނުން ނިންމާފައިވާ  ކަމަށެވެ.

އެގޮތުން 25 ނޮވެމްބަރ 2022 ވާ ހުކުރު ދުވަހުގެ ހަވީރު 17:00 އިން 18:00 އަށް ހިޔާ ސަރަހައްދުގައި ކުޑަކުދިންގެ ހަވީރަކާއި އެކު ރޮބޯމޭންގެ ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ  ކަމަށްވެސް  އެޗްޑީސީ  އިން  ވަނީ  ބުނެފައެވެ.

އެޗްޑީސީން ވަނީ 20 ފޫޓު 40 ފޫޓުގެ ބޮޑު ސްކްރީނު ހުޅުމާލެ ސިންތެޓިކް ޓްރެކާއި ހުޅުމާލެ ފޭސް 2 ހިޔާ ސަރަހައްދުގައި  ބަހައްޓައި  އެތަނުގައި  ހުރިހާ  މެޗްތައް  ބެލޭނެ  އިންތިޒާމު  ހަމަޖައްސައިދީފައެވެ.

މީގެއިތުރުން، ވޯލްޑް ކަޕް ނިމެންދެން މިފަދަ ގިނަ ހަރަކާތްތައް އެކި ދުވަސްތަކުގެ މަތިން ކުރިޔަށް ގެންދިޔުމަށް  ވެސް  އެޗްޑީސީ  އިން  ވަނީ  ނިންމައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *