ރައްޔިތުންގެ ނަޒަރުގައި ކޮންމެ ސިފައިންގެ މީހަކީ ލައިފްް ސޭވަރެއް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމް.އެން.ޑީ.އެފް ސަދަން އޭރިއާގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، ރައްޔިތުން ދެކޭ ގޮތުގައި ކޮންމެ ދިވެހި ސިފައިންގެ މީހަކީ، ފަސްޓްއެއިޑަރެއް ކަމަށާއި، ރެސްކިއު ސްވިމަރެއް ނުވަތަ ލައިފް ސޭވަރެއް ކަމަށާއި، އަދި ކޮންމެ މީހަކީ ވަރަށް ފިޒިކަލީ ފިޓް މީހެއް ކަމަށެވެ. އެގޮތުން، ސިފައިން ޕެރޭޑްކުރުމާއި ޑްރިލް އަށް ވަރަށް މޮޅުވާނެ ކަމަށާއި، ސިފައިންގެ ކޮންމެ މީހަކު ބަޑިޖަހަންވެސް ވަރަށް މޮޅުވާނެ ކަމަށާއި މިހެންގޮސް ވަރަށް ގިނަ ކަންކަން ސފައިންނަށް އެގޭނެކަމަށް ނުވަތަ ވަރަށް ގިނަ ކަންކަމަށް ސިފައިން މޮޅުވާނެކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުގައި ސިފައިންގެ ފަރާތުން އެހީތެރިކަން ލިބޭނެ ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށާއި އަދި އެފަދަ ބަޔަކަށް ވެވޭތޯ ސިފައިންގެ މީހުން އަބަދުވެސް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

މީގެއިތުުރުން، ދާދި ފަހުން ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫ އަދި އެހެން ބައެއް ހިސާބުތަކުގައި ހިންގި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނަކީ މިހާތަނަށް ނާކާމިޔާބު ކޮށްލެވުނު އެންމެ ނުރައްކާތެރި އެއް ރޭވުން ކަަން ފާހަގަކުރައްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، ހަރުކަށި ފިކުރު ފެތުރުނިޔަ ނުދޭން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް، މުޖުތަމަޢުގައި އެފަދަ ނުރައްކާތައް ފަތުރާ، ރައްޔިތުންނާއި މުދަލަށް ގެއްލުން ދިނުމަށް ރާވާ ފަރާތްތަކުން ހަމައެކަނި އެކަމަށް ހުސްވެގެން ތިބެ ކެނޑިނޭޅި މަސައްކަތް ކުރާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ޢާންމުކޮށް ހިންގާ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމާއެކު، އޭރިއާ ކޮމާންޑްތަކުގެ ސަރަޙައްދުތަކުގެ ތެރޭގައި ހިނގާ އެފަދަ ވިސްނުންތަކާއި ރޭވުންތަކަށް ފާރަވެރިވެ، އެކަންކަމުގެ މަޢުލޫމާތު ހޯދާ ދިރާސާކޮށް އޭގެ މައްޗަށް ބިނާކޮށް ޙަރަކާތްތައް ބައްޓަންކުރުމަކީ މިއަދު ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ. އެ ޤާބިލްކަން ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ވަރަށް ބޮޑަށް އިތުރުކޮށް ވަރުގަދަކުރަން ޖެހޭކަމަށް އެކަމަނާ ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާ އިތުރަށް ވިދާޅުވީ، ސިފައިންނަށް ބޭނުންވާ ތަމްރީނާއި އާލާތް ހޯދާދިނުމުގައި ސަރުކާރުން މަސައްކަތްކުރަނީ ވަރަށް ބޮޑު އިސްކަމެއް ދީގެން ކަމަށާއި، އެކަންކަމަށް ބަޖެޓް ހަމަޖެހެމުންދަނީ އެކަމަށް ސީދާ ރައީސުލްޖުމްހުރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް ދެއްވާ އިސްކަމާއި އަހަންމިއްޔަތުގެ ސަބަބުން ކަމަށެވެ.

މި ހިނގާ ސަރުކާރުގައި މިވީ 4 އަހަރުގެ ތެރޭގައި ސަދަން އޭރިއާއަށް ނިޞްބަތްވާ 95 ސިފައިންނަށް މަޤާމުގެ ކުރިއެރުން ދީފައިވާއިރު، 71 ސިފައިންނަށް ވަނީ ޝަރަފުގެ ނިޝާން ދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *