އިންޑިއާގެ އެއަރޕޯޓެއްގައި ކޮވިޑް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ-- ފޮޓޯ: އިންޑިއަން އެކްސްޕްރެސް

ދުނިޔެއަށް ދިމާވި ނުރައްކާތެރި ކޮވިޑް 19 ގެ ބަލިމަޑުކަމާއި ގުޅިގެން، އިންޑިއާއަށް އެތެރެވާއިރު ކުރިން ފުރަން ޖެހުނު ކޮވިޑް ފޯމް ފުރަން ނުޖެހޭ ގޮތަށް އިންޑިއާއިން ހަމަޖައްސައިފިއެވެ.

ކޮވިޑް 19ގެ ދުވަސްވަރު އިންޑިއާއަށް އެތެެރެވުމަށް ކުރިން ފުރަމުން ދިޔަ އެއާ ސުވިދާ ފޯމް ފުރަން ނުޖެހޭނެ ކަން އިންޑިއާގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އަންގާފައެވެ. އެގޮތުން އެ މިނިސްޓްރީން ބުނީ، އިންޑިއާއަށް ދަތުރުކުރާ އެއްވެސް މީހަކު މިހާރު އެ ފޯމް ފުރުން މަޖުބޫރު ނުވާނެ ކަމަށެވެ.

ކޮވިޑް 19 އެންމެ ހަލުވިކަމާއިއެކު ގައުމުތަކުގައި ފެތުރުނު ދުވަސްވަރު، އެ ގައުމުގެ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި، ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅިއެވެ. އޭގެތެރޭގައި އިންޑިއާއަށް އެތެރެވުމުގެ ކުރިން ޕީސީއާރު ޓެސްޓް ހެދުންވެސް ހިމެނެއެވެ. އެހެންނަމަވެސް އިންޑިއާގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް 19 ގެ އެއްވެސް އަލާމާތެއް ނުފެންނަ ނަމަ، މިހާރު އެ ގައުމަށް އެތެރެވުމަށް ޕީސީއާރު ޓެސްޓެއްވެސް ހެދުން މަޖުބޫރު ނުވާނެ ކަމަށެވެ.

ކޮވިޑް 19 އާއި ގުޅިގެން ގިނަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ފަހު މިހާރު ގިނަ ގައުމުތަކުން ދަނީ މަޑުމަޑުން އާއްމު ހާލަތަށް ރުޖޫއަވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *