ބޮލީވުޑްގެ މަޝްހޫރު ޖޯޑު ކަމަށްވާ އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު، އެދެމީހުންގެ ދަރިއަށް ނަން ކިޔައިފިއެވެ.

އާލިއާ އަދި ރަންބީރަށް އަންހެން ކުއްޖަކު ލިބުނު ހިސާބުން ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔައީ އެކުއްޖާއަށް ނަމެއް ކިޔާނެ އިރަކަށެވެ. އެ އިންތިޒާރަށް މިހާރު މިވަނީ ނިމުން އައިސްފައެވެ.

އާލިއާ އަދި ރަންބީރުގެ ދަރިފުޅުގެ ނަމަކީ "ރަހާ ރަންބީރު ކަޕޫރު" އެވެ. އެގޮތުން ދަރިފުޅުގެ ނަން ސަޕޯޓަރުންނާއި ހިއްސާކުރުމަށް، އިންސްޓަގްރާމުގައި ހިއްސާކުރި ޕޯސްޓެއްގައި އާލިއާ ބުނީ ދަރިފުޅަށް ނަން ކީ މާމަ ނީތޫ ކަޕޫރު ކަމަށެވެ.

އާލިއާ ވަނީ އެ ޕޯސްޓްގައި ދަރިފުޅު ރަހާގެ ނަން އެކި ހިސާބުތަކުގައި މާނަކުރާ ގޮތްވެސް ކިޔައިދީފައެވެ. އެގޮތުން، އަރަބި ބަހުން ރަހާގެ މާނައަކީ ސުލްހަވެރިކަން ކަމަށާއި، އަދި ސާންސްކްރިތު ބަހުން އެ ނަމުގެ މާނައަކީ ނަސަބު ކަމަށްވާ އިރު ބަންގްލަދޭޝް ބަހުން އެ ނަމުގެ މާނައަކީ އަރާމެއް ނުވަތަ ލުޔެއް ލިބުން  ކަމަށް އާލިއާ ބުންޏެވެ.

އާލިއާ އަދި ރަންބީރު އެކުގައި އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ، "ބްރަމަސްތުރަ" އިންނެވެ. އެ ފިލްމު ރިލީޒުކުރިތާ އަދި މާ ދުވަހެއް ނުވާއިރު ގިނަ ބަޔަކަށް އެ ފިލްމު ވަނީ ކަމުގޮސްފައެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *