މާލޭގެ ގަރާޖެއްގައި ރޯވި އަލިފާންގަނޑު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް މާލީ އެހީ ދީފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން، ބުނީ އަލިފާނުގެ ހާދިސާގައި އަސަރުކޮށްފައިވާ ގޭގޭގެ ޑެމޭޖު އެސެސްމަންޓް ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީގެ އެހީތެރިކަމާ އެކު ނިންމާފައިވާ ކަމަށެވެ. އަދި ގެއްލުންތަކުގެ އަގުމަގު ކުރުމާއި އެސެސްމަންޓު ރިޕޯޓު ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން އެންޑީއެމްއޭގެ ވަގުތީ ބޯހިޔާވަހިކަމަށް 29 މީހަކު ގެނެސްފައިވެއެވެ. މީގެތެރޭގައި އެ ސަރަޙައްދުގެ 6 ގޭބިސީއަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ.

އެއީ އަލިފާނުގެ ހާދިސާ ހިނގި މ.ނިރުފެހި ގޭގައި ދިރިއުޅުނު ބިދޭސީންނާއި، އެގެއާއި އިންވެގެން ހުރި މ.ސޭންޑްރޯސްގެ 1 ގޭބިސީ އާއި މ.ވާދީގެ 4 ގޭބިސީއެއްގެ މީހުންނެވެ. މިގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް އެންޑީއެމްއޭއިން މަޢުލޫމާތުދެއެވެ.

ހާދިސާ ހިނގި ނިރުފެހިގޭގައި ދިރިއުޅުނު ބިދޭސީންގެ ތެރެއިން ނުވަ މީހަކަށް ދިރިއުޅުން އާންމު ހާލަތަށް ބަދަލުވުމަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި އަދި އެ ފަރާތްތަކަށް ބޭނުންވާ ނަފުސާނީ އެހީތެރިކަންވެސް ރެޑް ކްރެސެންޓާ ގުޅިގެން ފޯރުކޮށްދެމުންދާ ކަމަށްވެސް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.

މިއީ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެންމެ ގިނަ ބައެއްގެ ފުރާނަ ގެއްލުނު ހާދިސާއެވެ. މި ހާދިސާގައި މ.ނިރުފެހި ގޭގައި ދިރިއުޅުނު 10 ބިދޭސީއެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އެއީ އިންޑިއާއަށް ނިސްބަތްވާ 8 މީހުންނާއި، ބަންގްލަދޭޝްގެ 2މީހުންނެވެ. އެމީހުންގެ ހަށިގަނޑުވަނީ ޤައުމަށް ފޮނުވާލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *