ސިނަމާލެ  ފްލެޓް  4ގެ  ޖޫރިމަނާ  ސަރުކާރުން  މާފުކޮށްދީފިއެވެ.

މިނިސްޓްރީ  އޮފް  ފިނޭންސުން މާލެ ސިޓިީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ވިލިމާލޭގައި ހުންނަ ސިނަމާލެ 4ގެ ފުލެޓު އަމިއްލަ ކުރަން ބޭނުންވާ ފަރާތްތަކަށް ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ސަރުކާރުން މާފުކޮށްދީފައިވާ  ކަމަށެވެ.

އެގޮތުން  ސަރުކާރުން  މާފުކޮށްދީފައިވަނީ، ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާއިގެ  ތެރެއިން  ދައުލަތަށް  ލިބެން  ނުޖެހޭ 540،945 ރުފިޔާ ކަމަށް ސިޓީގައި ބަޔާން ކޮށްފައިވެއެވެ.

ފިނޭންސްގެ ސިޓީގައި ބުނެފައިވަނީ ރައީސް އޮފީހުން މިމަހުގެ 10 ވަނަ ދުވަހު އެ ފައިސާ މާފުކޮށްދިނުމުގެ ހުއްދަ ދީފައިވާތީ އެ ފައިސާ މާފުކޮށްދިނުމުގެ ގޮތުން، ދައުލަތަށް ލިބެން ޖެހޭ ފައިސާ އާއި މުދާ ނުލިބޭނެކަން ކަނޑައަޅައި ދޫކޮށްލުމުގެ އުސޫލުގައިވާ ގޮތުގެ މަތިން އެއީ ދައުލަތަށް ލިބެން ނުޖެހޭ ފައިސާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *