އުކުޅަހު ސުކޫލް

މިދިޔަ ބުރާސްފަތި ދުވަހު ސަސްޕެންޑް ކޮށްފައިވާ އއ. އުކުޅަހު ސުކޫލުގެ ތިން ޓީޗަރުންގެ ސަސްޕެންޝަން އިތުރުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން  މިނިސްޓްރީން ބުނީ އެ ތިން ޓީޗަރުންގެ މައްސަލަ ބަލާ ނުނިމޭތީ ސަސްޕެންޝަންގެ މުއްދަތު ނޮވެމްބަރު 30 ހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެންމެ ފުރަތަމަ އެޑިއުކޭޝަން މިނިސްޓްރީން އެ ތިން ޓީޗަރުން ސަސްޕެންޑް ކުރީ 17 ނޮވެންބަރު 2022 އިން ފެށިގެން 7 ދުވަހުގެ މުއްދަތަށެވެ.  ސަސްޕެންޝަންގެ މުއްދަތު އިތުރު ކުރި މި ތިން ޓީޗަރުންނަށް ފިޔަވަޅު އަޅާފައިވަނީސުކޫލުން އަންގާ އެންގުންތަކަށް ނުކިޔަމަންތެރިވުމުގެ ސަބަބުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

 މުދައްރިސެއްގެ ވަޒީފާގެ މައިގަނޑު މަސްޢޫލިއްޔަތަކީ އަދި ޒިންމާއަކީ ޤައުމީ މަންޙަޖާ އެއްގޮތަށް ޙަވާލުކުރެވޭ ކީސްޓޭޖެއްގެ/ގްރޭޑެއްގެ ދަރިވަރުންނަށް ޤައުމީ މަންހަޖުގައި ބަޔާންކުރާ ލަނޑުދަނޑިތައް ހާޞިލްވާނެހެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން ކަމުގައިވީ ހިނދު، އެކަންކަން ހާޞިލްކުރުމަށް ދަރިވަރުންނަށް ރާވައި ހިންގޭ ހަރަކާތްތަކުގެ ތެރެއިން ބައެއްކަންކަމަށް ފާޅުގައި ދެކޮޅުހަދައި އެކަންކަން ކުރުމަށް އިންކާރުކޮށް، އެކަމުގައި ސްކޫލުން އަންގާ އެންގުންތަކަށް ނުކިޔަމަންތެރިވެފައިވާތީ މި މައްސަލައިގެ އިދާރީ ތަޙުޤީޤު ހިންގުމަށްޓަކައި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 258 ވަނަ މާއްދާގެ (ނ) ގެ ދަށުން."

ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވަނީ އެ ތިން ޓީޗަރުން ސަސްޕެންޑްކޮށްފައިވަނީ ސުކޫލް ކޮންސެޓަށް ނަށަށް ދަސްކޮށްދޭން ދެކޮޅު ހެދުމުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *