މެލޭޝިޔާގެ ބޮޑު ވަޒީރުކަމުގެ މަގާމަށް އަންވަރު އިބްރާހިމް އައްޔަނުކޮށްފިއެވެ.

މިއަދު އެ މަގާމަށް އަންވަރު އައްޔަނުކޮށްފައިވާއިރު މެލޭސިޔާގެ ރަސްގެފާނު ސުލްތާން އަބްދުﷲ ސުލްތާނު އަހުމަދު ޝާހު ވަނީ އަންވަރު އަދި ދެން އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅާ ކަމަށްވާ މުހިއްޔިދިން ޔަސީން އަށް ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މަޝްވަރާތަކަށް ފަހު މިއަދު މެލޭޝިޔާގެ ރަސްކަމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ  ޕާރިލިމެންޓްގެ 222 މެމްބަރުންގެ ތާއީދާއިއެކު ބޮޑުވަޒީރުކަމުގެ މަގާމަށް އަންވަރު އިބްރާހިމް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.

އަންވަރުގެ އެލަޔަންސް އޮފް ހޯޕް އިން ހޮނިހިރު ދުވަހުބޭއްވި އިންތިހާބުގައި 82 ގޮނޑި އާއެކު ކުރީގައި އޮތް ނަމަވެސް، އަޣުލަބިއްޔަތަށް ބޭނުންވާ 112 ގޮނޑި ވަނީ މަދުވެފައެވެ. ކުރީގެބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ ކަނާތު ފިކުރުގެ ނެޝަނަލް އެލަޔަންސަށް 73 ގޮނޑި  ވަނީ ލިބިފައިއެވެ.

މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މެލޭޝިޔާ ރައްޔިތުންނަށް އަންވަރުގެ ފަރާތުން ވަރަށް އުންމީދީ ވެރިކަމެއް ފެނިގެންދާނެއެވެ. އަންވަރު ކާމިޔާބު ކުރެއްވީ އެއްބައިވަންތަކަމުގެ ސަރުކާރަކަށްތާއީދު ކުރަން އެހެން ކުދި ބްލޮކްތަކުން އެއްބަސްވުމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *