ރާއްޖެ އައި ފަތުރުވެރިންތަކެއް

މި ހިނގާ ނުވެމްބަރު މަހުގެ 3 ހަފްތާތެރޭގައި އެކަނިވެސް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފިއެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ ފުރަތަމަ 22 ދުވަހުން އެކަނިވެސް 107,452 ޓޫރިސްޓުން މިހާރު ވަނީ އައިސްފައެވެ. އަދ މި ހިނގާ 2022 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1.45 މިލިއަން ފަތުރުވެރިން ވަނީ އައިސްފައެވެ.

އެގޮތުން މިއަހަރު މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މި ނިމުނު އޮކްޓޫބަރު މަހުގައެވެ. އޮކްޓޫބަރު މަހުގައި ރާއްޖެއަށް ޖުމްލަ 153,737 ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެއިތުރުން، މިއަހަރުގެ މިހާތަނަށް ރާއްޖެ އަށް ޖުމްލަ 1.45 މިލިއަން ފަތުރުވެރިންވަނީ  އައިސްފައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިންޑިޔާއިންނެވެ. ދެވަނައަށް ރާއްޖެއަށް އެންމެ ގިނައިން ރަޝިޔާގެ ފަތުރުވެރިން އައިސްފައިވާއިރު، ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *