އިންޓަޕޯލް އަށް ދިވެހި ފުލުހުންގެ ފަރާތުން ކަނޑައެޅުއްވި އޮފިސަރު ރިލްވާން -

ބައިނަލްއަޤްވާމީ ފުލުހުންގެ އިދާރާ، އިންޓަޕޯލް އަށް ރާއްޖޭގެ ފަރާތުން ކަނޑައަޅުއްވާ އޮފިސަރަކަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރިލްވާން ޝަރީފް ހަމަޖައްސަވައިފި އެވެ.

ޗީފް އިންޕެކްޓަރ ރިލްވާން އިންޓަޕޯލްގައި މަސައްކަތް ކުރެއްވުމަށް އެކަމާއި ގުޅޭ ލިޔުން ވަނީ މިއަދު އޭނާ އާއި ހަވާލުކޮށްފައެވެ. މި ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފ ޕޮލިސް މުހައްމަދު ހަމީދެވެ.

ރިލްވާން މަސައްކަތް ކުރައްވާނީ އިންޓަޕޯލްގެ ފިނޭންޝިއަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރ ގައި ލިޔޯން ގައެވެ. އޭނާ އިންޓަޕޯލްގެ ހެޑްކުއާޓާޒް ގައި  މަސައްކަތް ކުރައްވާނީ 1 ޑިސެމްބަރު 2022 އިން ފެށިގެން 3 އަހަރު ދުވަހުގެ މުއްދަކަށެވެ.

ފަރަންސޭސި ވިލާތުގެ ލިޔޯންގައި ހުންނަ އިންޓަޕޯލް ހެޑްކުއާޓާޒްގައި މަސައްކަތްކުރެއްވުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ދިވެހި ފުލުހުންނަށް ލިބިފައިވަނީ މުޅިން އަލަށެވެ.

ފްރާންސްގެ ލިޔޯންގައި ހުންނަ އިންޓަޕޯލްގެ ހެޑްކުއާޓާޒްގައި މަސައްކަތްކުރުމުގެ ފުރުސަތު ދިވެހި ފުލުހުންގެ  ހިދުމަތަށް ލިބިފައިވާކަން ކޮމިޝަނަރ އޮފް ޕޮލިސް ހާމަ ކުރެއްވީ 18 އޮކްޓޫބަރު 2022 ގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބުނު ތާރީހީ ފުރުސަތެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *