އަންނަ މަހުން ފެށިގެން ދައުރުވާ ފައިސާގެ ތެރެއަށް 50 ރުފިޔާގެ އާ ނޫޓެއް ނެރެން ނިންމައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައާރަފްކުރި މި ނޫޓުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވެއެވެ.

މިއަހަރުގެ ޖުލައި މަހުުގެ ތެރޭގައި އެމްއެމްއޭއިން ވަނީ ދިވެހި ރުފިޔާގައި ބޭނުން ކުރާނެ ހާއްސަ ނިޝާނެއް ފައިނަލްކޮށް އާންމުކޮށްފައެވެ.

އެމްއެމްއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އަލަށް ޗާޕުކޮށްގެން ނެރުނު 50 ރުފިޔާގެ ނޫޓުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާ ކަމަށެވެ. ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައާތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނު މަތީ އަގާއެކު ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

ނޫޓުގައި ސޮއި ކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމެވެ. ނޫޓުގައިވާ ތާރީހަކީ 8 ސެޕްޓެމްބަރު 2022، 12 ސަފަރު 1444 އެވެ.

އަލަށް ޗާޕުކޮށްގެން 50 ރުފިޔާގެ އާ ނޫޓެއް ނެރުނަސް މިހާރު ދައުރުވަމުންދާ 50 ރުފިޔާގެ ނޫޓު ދައުރުވަމުން ދާނެ އެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރާ ފައިސާގެ ނޫޓުތަކަކީ 2016 ވަނަ އަހަރު ތައާރަފްކޮށްފައިވާ ނޫޓު ސީރީޒެކެވެ. އައު ނޫޓް ސީރީޒްގެ ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓްތަކާ ޚިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ ޒަމާނީ ނޫޓްތަކެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *