ޖަޕާނާއި ދިވެހިރާއްޖެ އާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރިތާ 55 އަހަރު ފުރުމާއި ދިމާކޮށް ޖަޕާން - މޯލްޑިވްސް  ފެސްޓިވަލެއް ބާއްވަން ނިންމައިފިއެވެ.

ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ޒިޔާރަތް ކުރެވޭ ގޮތަށް އިންތިޒާމްކޮށްގެން ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން ބާއްވާ މި ފެސްޓިވަލް އޮންނާނީ އަންނަ ހޮނިހިރު (26 ނޮވެމްބަރު 2022) ގައި ސޯޝަލް ސެންޓަރުގައެވެ.

މި ފެސްޓިވަލްގައި ޖަޕާންގެ ސަގާފީ ސެޝަންސްތައް ކުރިޔަށް ގެންދާނެވެ. ޖަޕާނާއި ގުޅޭ މައުލޫމާތު ދިނުމުގެ އިތުރުން ސޫޝީ ސެޝަނަކާއި، ޔުކަތަ ( ޖަޕާންގެ ސަގާފީ ހެދުން) ލައިގެން ފޮޓޯ ނެގުމުގެ ފުރުސަތުވެސް އޮންނާނެ އެވެ. މީގެ އިތުރުން ޖަޕަނީސް ކަޓްސޫބުސީ (ހިކިމަސޫ) އާއި މާޝަލް އާޓްސް ގެ ހަރަކާތްތައް އޮންނާނެއެވެ.

މީގެ އިތުރުން ދިވެހި ބަހުން ވާހަކަ ދެއްކުމުގެ މުބާރާތަކާއި ދެގައުމުގެ ސަގާފަތާއި އާދަކާދައާއި ގުޅުންހުރި މަޖާ ހަރަކާތްތައް މި ފެސްޓިވަލްގައި ކުރިޔަށް ގެންދިއުމަށް ރާވާފައިވެއެވެ. މި ކުޅިވަރުތަކުގައި ބައިވެރިވެގެން އިނާމު  ހޯދުމުގެ ފުރުސަތުވެސް ކުދިންނަށް ވަނީ ހުޅުވާލާފައެވެ.

މި ފެސްޓިވަލް އޮންނާނީ ހޮނިހިރު ދުވަހު ހަވިރު 16:00 ން 18:00 އަށް އަދި ހަމަ އެރޭ 20:00 ން 22:00 އަށެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *