ރަޝިއާއިން ދިން މިސައިލް ހަމަލާއެއް އަމާޒުވި ކިއެވްގެ އިމާރާތެއްގައި ރޯވި އަލިފާންގަނޑު ނިއްވާލަން މަސައްކަތް ކުރަނީ

ރަޝިއާގެ އަމަލުތަކަކީ އިންސާނިއްޔަތާއި ދެކޮޅަށް ހިންގާ ޖަރީމާތަކެއް ކަމަށް އދ ގެ ސަލާމަތީ މަޖިލީހުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ތުހުމަތު ކުރައްވައިފިއެވެ.

ރަޝިއާއިން ދިން އާ މިސައިލް ހަމަލާއެއްގައި މުޅި ޔޫކްރެއިންއިން ކަރަންޓް ކެނޑުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވާ ޒެލެންސްކީ ވިދާޅުވީ  ރަޝީޔާގެ "ބިރުވެރިކަމުގެ ފޯމިލާ" ގެ ސަބަބުން އެތަން މިލިއަން މީހުން ތިބީ ކަރަންޓް ނުލިބި، ފެން ނުލިބި، ހީޓަރުތައް ނުޖެއްސި ގަދަ ފިނީގައި ކަމަށެވެ.

ރަޝިއާއިން ދިން އެންމެފަހުގެ މިސައިލް ހަމަލާގައި ހަތް މީހަކު މަރުވެފައިވާއިރު މި ހަމަލާގައި ޔޫކްރެއިންނަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުން ކުރާ ނިއުކުލިއާ އިންޖީނުގެ ވަނީ ނިވިފައެވެ.

ޔޫކްރޭންގެކޮންޓްރޯލްގެ ދަށުގައި ހުރި ތިން ޕްލާންޓް ގްރިޑުން ކަނޑާލާފައިވާއިރު، ޔޫރަޕްގެ އެންމެ ބޮޑު ޕްލާންޓް ޒަފޮރިއްޒިއާ ޕްލާންޓްގެ ކޫލިން ސިސްޓަމަށާއި، އެންމެ މުހިންމު ރައްކާތެރިކަމުގެ ސާމާނުތަކަށް ކަރަންޓް ދިނުމަށް، އަނެއްކާވެސް ބަރޯސާވާން މަޖުބޫރުވެފައިވަނީ ޑީސަލް ޖަނަރޭޓަރުތަކަށެވެ.

ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވާ ޒަޕޮރިއްޒިއާ ޕްލާންޓަށް ތަރުކާރުކޮށް ބޮން އެޅުމުގެ ސަބަބުން ގެއްލުންތައް ލިބިފައިވާ މައްސަލައިގައި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލާފައެވެ.

އަވައްޓެރި މަލްޑޯވާ ވެސް ވަނީ ކަނު އަނދިިރިކަމެއްގެ ތެރޭގައެވެ. އެހެންނަމަވެސް އެ ސަރަހައްދަކީ ރަޝީޔާގެ މިސައިލް ހަމަލާ ސީދާ އަމާޒުވި ސަރަހައްދެއްވެސް ނޫނެވެ. ފިނި މޫސުން އައި ފަހުން ޔޫކްރެއިނަށް ކަރަންޓްގެ ހިދުމަތްދޭ ތަންތަކަށް ރަޝިއާއިން ދޭ ހަމަލާތައް އަންނަނީ ވަރުގަދަ ކުރަމުންނެވެ.

އޮފިޝަލުން ބުނާ ގޮތުގައި ރަޝިޔާއިން އިންޖީނުގެތަކަށް ދީފައިވާ މިސައިލް ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބި ޔޫކްރެއިނަށް ކަރަންޓް ފޯރުކޮށްދޭ ގްރިޑްގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ވަނީ ހަލާކުވެ  މަރާމާތު ކުރަން ޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *