ވެއްޓިފައިވާ އިމާރާތެއްގެ ކައިރީގައި މީހުން ސަލާމަތް ކުރާ އޮފިޝަލުން ހަރަކާތްތެރިވަނީ. މިއީ 2018 ގެ ފަހުން އިންޑޮނޭޝިއާއަށް އައި އެންމެ ނުރައްކާތެރި ބިންހެލުން - ފޮޓޯ: އޭއެފްޕީ

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތެއްގެ ދަށުން މީހުން ސަލާމަތް ކުރުމަށް ހަރަކާތްތެރިވި އޮފިޝަލުން 6 އަހަރުގެ ފިރިހެން ކުއްޖެއް ދިރިހުއްޓާ ސަލާމަތްކޮށްފިއެވެ.

އެ ކުއްޖާ ފެނިފައިވަނީ ސިއަންޖޫރުގައި ހުރި، އޭނާގެ ގެ އިންނެވެ. އެ ގެ ވެއްޓިފައިވާއިރު އެނާ ސަލާމަތްވީ ގޮދަޑިއެއްގެ ސަބަބުންނެވެ. އަޒްކާ މައުލާނާ މާލިކް ނަމަކަށް ކިޔާ މި ކުއްޖާ ހޯދުމަށް މަސައްކަތް ކުރާތާ 2 ދުވަސް ފަހުން އޭނާ ފެނިފައިވާއިރު އޭނާ އިނީ މަރުވެފައިވާ އޭނާގެ މާމަ ހަށިގަނޑު ކައިރީގައެވެ.

ޑޮކްޓަރުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އަޒްކާއަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނެތެވެ. އޭނާގެ ހާލު ރަނގަޅެވެ. ހަމައެކަނި ހަށިގަނޑުގެ ވަރު ދެރަވެފައިވަނީ ބަނޑުހައިވެފައި ހުރުމުގެ ސަބަބުން ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.

މީގެ ދެ ދުވަސް ކުރިން އިންޑޮނޭޝިއާގެ އާބާދީ ބޮޑު ޖާވާ އައިލެންޑްގެ ހުޅަނގަށް އަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ 271 އަށް އަރާފައެވެ. އަދި 2000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފަވެއެވެ. މީގެ އިތުރުން 40 މީހުން ވަނީ ގެއްލިފައެވެ.

5.6 މެގްނިޓިއުޑްގެ ބާރުގަދަ މި ބިންހެލުމުގައި މަރުވި މީހުންގެ ތެރޭގައި އަޒްކާގެ މަންމަވެސް ހިމެނެއެވެ. އަޒްކާ އާއި ހަވާލުވި އޭނާގެ ތިމާގެ މީހަކު ބުނީ އަޒްކާ ބޭނުންވަނީ ގެއަށްދާން ކަމަށާއި، ނިދީގައިވެސް އޭނާ އެދެނީ މަންމަ ކައިރިއަށް ގެންގޮސްދިނުމަށް ކަމަށެވެ.

އިންޑޮނޭޝިއާގެ ކަމާއި ގުޅޭ އިދާރާތަކުން ބުނާ ގޮތުގައި މިއީ 2018 ވަނަ އަހަރު އެގައުމަށް އައި 7.5 މެގްނިޓިއުންޑްގެ ބާރުގަދަ ބިންހެލުމަށްފަހު މިހާތަނަށް އައި އެންމެ ވަރުގަދަ ބިންހެލުމެވެ. ސުލަވެސީގެ ޕަލު ސިޓީގެ އައްސޭރިފަށަށް އައި އެ ބިންހެލުމުގައި ސުނާމީ އާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ އިންޒާރުތައް ދިނެވެ. އެ ބިންހެލުމުގައި 4000 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *