ކޮންމެ އަހަރަކު ބާއްވަމުން އަންނަ އީޔޫ މޯލްޑިވްސް ޕޮލިސީ ޑައިލޯގްގެ މިއަހަރުގެ ބައްދަލުވުން  ފަށައިފިއެވެ.

މިއަދު ފެށިގެން ކުރިއަށްދާ 6 ވަނަ އީޔޫ މޯލްޑިވްސް ޕޮލިސީ ޑައިލޯގުގެ މައިގަނޑު ބޭނުމަކީ، ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު މިހާރު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ޓަކައި ހުޅުވާލެވިފައިވާ އަދި ބިނާކުރަނިވި ގުޅުންތަކަށް މަގުފަހިކޮށްދިނުމެވެ.

މި ފަހަރުގެ ފޮލިސީ ޑައިލޯގުގެ ކޯ ޗެއަރކަން ކުރައްވާފައިވަނީ ފޮރިން މިނިސްޓަރ އަބްދު ޝާހިދާއި، ޔޫރަޕިއަން ޔޫނިއަންގެ ސަފީރު ޑެނިސް ޗައިބީ އެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، ޑައިލޮގްގައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ދާއިރާތަކުން ހަރުދަނާ މަޝްވަރާތަކެއް ކުރެވިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ބައްދަލުވުމުގެ ކޯ ޗެއާރކަން ލިބިވަޑައިގެންނެވުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފޮރިން މިނިސްޓްރީޏް ބުނީ މިއަހަރުގެ ބައްދަލުވުމުގައި، މަޝްވަރާ ކުރާނެ މުހިންމު ކަންތައްތަކުގެ ތެރޭގައިމޑިމޮކްރަސީއާއި ހިންގުމާއި އަދުލު އިންސާފުގެ ދާއިރާ ހަރުދަނާކުރުމާއި ސަލާމަތީ ދާއިރާއިން އެއްބާރުލުން ދިނުމާއި ވިޔަފާރީގެ ދާއިރާއާއި ފަތުރުވެރިކަމާއި އިންވެސްޓްމަންޓާއި ފައިނޭންސް އެންޑް އިކޮނޮމިކް ކޯޕަރޭޝަން އާއި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި ޝެންގެން ވިސާ ފެސިލިޓޭޝަން ހިމެނޭ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *