އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޒް ފައްޔާޒް އިސްމާއިލް

މިނިސްޓަރ ފައްޔާޒްގެ އިސްނެންގެވުމުގެ މަތިން ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްތަކަށް ހާއްސަ ޕްރައިވެޓް ބީޗް ސަރަހައްދެއް ކަނޑައެޅުމަށް ނިންމައިފިއެވެ.

އެގޮތުން، ހުޅުމާލޭގައި ހަދަމުންދާ ވޯޓާ ތީމްޕާކާއި ޖެހިގެން އޮތް ބީޗް ފަތުރުވެރިންނަށް ހާއްސަ ކޮށްގެން ތަރައްގީ ކުރުމަށް ނިންމާފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މައުލޫމާތުދެއެވެ.

އެޗްޑީސީން ބުނީ މިއީ މިނިސްޓަރ އޮފް އިކޮނިމިކް ޑިވެލޮޕްމެންޓް އަލްފާޟިލް ފައްޔާޒް އިސްމާއިލްގެ އެދިލެއްވުމުގެ މަތިން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރިއެރުވުމަށް ނިންމި ނިންމުމެއްކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މިހާރު ގެސްޓްހައުސް ވިޔަފާރިއަކީ ވަރަށް ބޮޑު ހިއްސާއެއް އޮންނަ ވިޔަފާރިއެއްކަމުން، މި ފަދަ ވިޔަފާރިތައް ކުރިއެރުވުމަށް  މަސައްކަތްކުރުމަކީ  ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި މުހިންމުކަމެއްކަމަށް އެޗްޑީސީން ބުނެއެވެ. އަދި މިފަދަ ސަރަހައްދެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމަށް އެކޯޕަރޭޝަނުން ދެކޭކަމަށްވެސް އެޗްޑީސީން ބުނެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ކުރާ އެކޯޕަރޭޝަންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އެކުންފުނިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *