2018 ވަނަ އަހަރު މާލޭގައި މަރާލި ޝައްފާން
މާލޭގައި 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ އުމުރުން 14 އަހަރުގެ  އިސްމައިލް ޝައްފާން ޝަރީފް މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުށް ސާބިތުވި 4 މީހެއްގެ އިސްތިއުނާފު މައްސަލަ ހައިކޯޓުގައި މިއަދު ފަށައިފިއެވެ.
މިއަދު އޮތް އަޑު އެހުމުގައި މި މައްސަލައިގައި ކުށް ސާބިތުވީ މީހުންގެ ފަރާތުން ހުށަހަޅާ އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެ ނުކުތާތަކަށް ރައްދު ދިނުން އޮތެވެ.
މި މައްސަލައިގެ މިއަދުގެ އަޑު އެހުމުގައި ފަނޑިޔާރުންވަނީ މައްސަލައާ ގުޅޭ ގޮތުން ޚަސްމުންނާ ސުވާލު ކުރައްވައި، އަދި  މައްސަލައާ ގުޅޭ ބައެއް މައުލޫމާތާއި ލިޔެކިޔުން ހޯދުމަށް އެދިފައެވެ.
މިއަދުގެ ޝަރީއަތް ނިންމަވާލެއްވީ، ދަށު ކޯޓުން މައުލޫމާތު ސާފު ކުރަންޖެހޭ ކަމެއް އޮތް ކަމަށާއި އަދި އެ މައުލޫމާތު ލިބުމުން އިތުރު އަޑު އެހުމެއް ބާއްވަން ޖެހިއްޖެ ނަމަ އިތުރު އަޑު އެހުމެއް ބާއްވާނެ ކަން،  ނޫންނަމަ ދެން އޮންނާނީ މައްސަލައިގައި ގޮތެއް ނިންމުންކަން އިއުލާން ކުރެއްވުމަށް ފަހުއެވެ.
މި މައްސަލައިގެ އަޑު އެހުން ހައިކޯޓުގައި ކުރިއަށް ގެންދިޔައީ އާއްމުކޮށް ހުޅުވައިނުލައެވެ. އެއީ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) އާ ހަވާލާދީ ކަމަށް ހައިކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
 ށ. ފޭދޫ ހީނާމާގޭ (ގ. ކޯޒީ) ޝައްފާންގެ ކަރަށް ވަޅި ޖަހާ އޭނާ މަރާލައިފަވަނީ 19 އޮކްޓޫބަރު 2018 ގައި ގަލޮޅު އޮޓޯ ގަރާޖް ކައިރީގައި ހިންގި މާރާމާރީއެއް ގައެވެ. އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް އެރޭ ދަންވަރު 2:30 ހާއިރެވެ.
ޝައްފާން މަރާލި މައްސަލައިގައި ކުށް ސާބިތުވެ އުމުރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ހަތަރު މީހުންނަކީ ސ. ހިތަދޫ، ޗަމަން، ހުސައިން ނިހާދު އަހުމަދާއި، ސ. މަރަދޫ މޫންލައިޓްގްލޯރީ، ހަސަން ނަބާހް އާއި ސ. ހިތަދޫ މަލަ، މުހައްމަދު އައިމަން ހަބީބާއި، މއ. ޓޮމާޓޯ ފްލާވާ، ހުސައިން ޖައިލަމްގެ މައްޗަށެވެ.
މި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުގެ އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރީ 2021 ވަނަ އަހަރުގެ ނޮވެމްބަރުގައެވެ.
މީގެ ތެރެއިން ނިހާދު އާއި ޖައިލަމްގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އަދި ނަބާހް އާއި އައިމަންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
މި ހަތަރުމީހުން މެރުމަށް ހުކުމް ނުކުރެއްވީ ދައުލަތުން ހުށަހެޅި ސިސއްރު ހެކިވެރިޔަކު އޭނާގެ ހެކިބަސް އަނބުރާ ގެންދިއުމުންނެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *