ކްރިމިނަލް ކޯޓު-- ފޮޓޯ: ވަން އޮންލައިން

އަންނަ ޑިސެމްބަރު މަސް އެއްކޮށް ރިސެސްއަށް ދިޔުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ކްރިމިނަލް  ކޯޓުން  ބުނެފައިވަނީ،  ޑިސެމްބަރު  1  އިން  ފެށިގެން  30  ގެ  ނިޔަލަށް  ރިސެސް  އަށް  ދިޔުމަށް ޤާޟީންގެ އާންމު މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، އެ މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދާނީ ކޮންމެހެން ބާއްވަންޖެހޭ ޚާއްސަ ޝަރީއަތްތަކުގެ  އަޑުއެހުންތައް އެކަނި ކަމަށްވެސް  ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ.

އެގޮތުން،  ރިސެސްގައި  އޮތް  ނަމަވެސް ކުށުގެ ތުހުމަތުގައި ހައްޔަރު  ކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި ތަހުޤީޤުކުރާ އިދާރާތަކުން އެދިގެން ނެރެދޭ އަމުރުތައް ނެރުމުގެ މަސައްކަތް ކުރިއެކޭވެސް  އެއްގޮތަށް  ކުރިއަށްދާނެ  ކަމަށް  އެ  ކޯޓުން  ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓު ރިސެސްއަށް ދާން ނިންމާފައިވާއިރު ޑިސެމްބަރު މަހުން ފެށިގެން ހައި ކޯޓުވެސް ރިސެސްއަށް ދިއުމަށް ވަނީ ނިންމާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *