މޯލްޑިވްސް ކޮވިޑް 19 އިމަރޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރިޕެއަރޑްނެސް ޕްރޮޖެޓުގެ ދަށުން 13 ލޯންޗް ގަތުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ، ވޯލްޑް ބޭންކް އަދި އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ މޯލްޑިވްސް ކޮވިޑް 19 އިމަރޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރެޕެއަރޑްނެސް ޕްރޮޖެޓުން 13 ލޯންޗް ގަތުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފައިވަނީ ގަލްފްކްރާފްޓް މޯލްޑިވްސްއާއި އެކުގައި ކަމަށެވެ.

ގަލްފްކްރާފްޓް މޯލްޑިވްސްއާއި އެކު ވެވުނު އެއްބަސްވުމަކީ 31 މިލިއަން ރުފިޔާގެ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، 1 އަހަރު ދުވަސްތެރޭގައި 13 ލޯންޗް ހެލްތު މިނިސްޓްރީ އާއި ހަވާލުކޮށްދޭން ޖެހޭނެއެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ، އެ ލޯންޗްތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ލެބޯޓްރީ ސާމްޕަލް ގެންދިއުމަށާއި، އައުޓްރީޗް ޕްރޮގްރާމު ހިންގުމަށް އަދި އެމަރޖެންސީ ހާލާތްތަކުގައި ބަލިމީހުން އުފުލުމަށް ކަމަށެވެ. އެ  ލޯންޗްތައް ލިބުމުން، މިވަގުތު ލެބޯރޓްރީ ނެތް ރަށްރަށުންނާއި، ބައެއް ޓެސްޓްތައް ނުހެދޭ ލެބޯރޓްރީތަކުން ސާމްޕަލް އުފުލުމަށް އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި  އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަހުމަދު އާދިލު އަދި ގަލްފް ކްރާފުޓްގެ ޕްރޮޑަކްޝަންސް ޖެނެރަލް މެނޭޖަރ ކޯސްޓާސް އެލިއޯޕްލަސް އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *