ޤާޟީ ސަފްވަތް ހަބީބު

ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޒު ޞަފްވަތު ޙަބީބްގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ބުނެފިއެވެ. 

ޤާޟީ ޞަފްވަތާއި ގުޅޭ ގޮތުން ބަލަން ނިންމާފައިވާ މައްސަލައަކީ، ކްރިމިނަލް ކޯޓުގެ މައްސަލައެއްގައި ޚުލާސާ ބަޔާން ހުށަހަޅައި މައްސަލައިގެ އަޑުއެހުން ނިމިފައިވީނަމަވެސް، ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލައިގެ ޚުކުމް ކުރުމުގެ މަޖިލިސް ބާއްވާފައި ނުވާތީ އެވެ. 

ޖުޑީޝަލް ސާރވިސް ކޮމިޝަނުން ބުނީ މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ޤާޟީ ޞަފްވަތު ޙަބީބްގެ ސުލޫކީ މައްސަލައެއް ބަލަން މިކޮމިޝަންގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާފައިވާ ކޮމިޓީއިން ނިންމާފައިވާތީ، 2022 ނޮވެމްބަރ 16 ވީ ބުދަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 82 ވަނަ ޖަލްސާގައި އެ މައްސަލަ ތަޚްޤީޤު ކުރުމަށް ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށެވެ. 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *