މިއީ އެހެން ޒުވާނުންނަށް ނަމޫނާއެއް

ޖޯޝިއާ ޖޯންސަންއަކީ އުފެދުމުގައިވެސް ދެފައި ނެތް ކުއްޖެކެވެ. އެހެންނަމަވެސް، އޭނާގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް މިކަން ހުރަހަކަށް ވިޔަކަ ނުދިނެވެ. މިއަދު އޭނާއަކީ ސްކޫލްގެ ބާސްކެޓްބޯޅަ ޓީމުގެ މެންބަރެކެވެ.

އޭނާ އަންނަނީ އެންމެ ތުއްތު އިރުންފެށިގެން ނުވަތަ ޕްރީސްކޫލް އުމުރުން ފެށިގެންވެސް ބާސްކެޓްބޯޅަ ކުޅެމުންނެވެ. އަދި އޭނާއަށް ހިނގާބިނގާވެ އުޅުމުގެ ކުޅަދާނަކަން ނެތުމަކީ އޭނާ ފަހަތަށް ޖެހެންޖެހޭ ސަބަބެއްގެ ގޮތުގައި ދެކިފައެއްވެސް ނުވެއެވެ. އޭނާ ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިއަދު އޭނާއަކީ އެމެރިކާގެ މޯއަރ މިޑްލް ސްކޫލްގެ ބާސްކެޓްބޯޅަ ޓީމުގެ މެމްބަރެކެވެ.

ހިނގާބިނގާވެ ނޫޅުމަކީ މީހުން އޭނާއަށް ޝައްކުކުރަންޖެހޭ ސަބަބެއް ނޫންކަމަށް އަންގައިދޭން އޭނާ ބޭނުންވޭ

އެމެރިކާގެ ލުއިވިލްއަށް ނިސްބަތްވާ މިޒުވާނާ ބުނާ ގޮތުގައި އޭނާ ޓީމަށް ހޮވުނުކަން ޓީމުގެ ކޯޗު އޭނާއަށް އެންގި ހިސާބުން އޭނާ ހުރީ ވަރަށް އުފަލުންނެވެ. އަދި ޓީމަށް ހޮވޭނެކަމުގެ ބޮޑު އުންމީދެއްގައި ހުރިއިރު އޭނާއަށް ހިނގާބިނގާވެ ނޫޅެވުމަކީ މީހުން އޭނާއަށް ޝައްކުކުރަންޖެހޭ ސަބަބެއް ނޫންކަމަށް އަންގައިދޭން ބޭނުންވި ކަމަށެވެ. އަދި ކުޅިވަރުތައް ކުޅުމުގައި އޭނާއެކޭ އެހެން މީހުންނެކޭ ތަފާތެއް ނެތްކަން ހާމަކޮށްދޭން ބޭނުންވިކަމަށްވެސް ބުނެފައިވެއެވެ.

ޓީމުގެ ކޯޗު ބުނާ ގޮތުގައި ޖޯންސަންއަކީ ވަރަށް ހިތްވަރުގަދަ ކުޅުންތެރިއެކެވެ. އޭނާގެ ސަބަބުން ޓީމުގެ އެހެން މެމްބަރުންނަށްވެސް އިތުރު ހިތްވަރެއް ލިބޭ ކަމަށާއި އެހެން ކުޅުންތެރިންގެ އަޒުމް އިތުރަށް ވަރުގަދަވާކަމަށް ކޯޗު ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *