ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖަރުމަނަށް ފުރާ ވަޑައިގެންނެވުމަށްޓަކައި އެއާޕޯޓަށް ވަޑައިގަންނަވަން ތާއްޔަރުވެފައި ވާއިރު ސަލާމަތީ ބާރުތަކުން ދަނީ އެމަނިކުފާނު ޓްރާންސްފާ ކުރާ ރޫޓްގެ ސެކިއުރިޓީ ވަރުގަދަކޮށްފައި ؛ ފުލުހުން މަގުމަތީގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ -- ފޮޓޯ: ޖަޒީރާ

އައްޑޫސިޓީގައި ފުލުހުންނާއި ސިފައިން ކުރިއަށް ގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނުގެ ތެރެއިން، ބާރުގަދަ ގޮވާތަކެތި ތައްޔާރު ކުރާ ކެމިކަލެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ގެތަކުންނާއި އެފަރާތްތައް ބޭނުން ކުރަމުންދާ ބައެއް ގެތަކާއި، ބައެއް ވެހިކަލްތަކާއި، ޑިންގީއެއް ބަލައި ފާސްކޮށް، މައްސަލަ އާއި ގުޅުން ހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލައިގައި ހައްޔަރުކުރި މީހަކު ދިރިއުޅޭ ގެއެއް ބަލައި ފާސްކޮށް ނެގުނު އެކްސްޕްލޯސިވް ކެމިކަލް ކަމަށް ޝައްކު ކުރެވޭ ތިން ބާވަތެއްގެ ސާމްޕަލް އެމްއެންޑީއެފްގެ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް (އީއޯޑީ)ގެ ފަރާތުން ޗެކް ކުރުމުން އެ ސާމްޕަލްތަކުގައި ހައި އެކްސްޕްލޯވިސްގެ މާއްދާތައް ހިމެނޭ ކަމަށް ދައްކާފައިވާ ކަމަށެވެ.

ސާމްޕަލްތަކުން ފެނުނު އެކްސްޕްލޯސިވްގެ ބާވަތްތަކަކީ މައިގަނޑު ގޮތެއްގައި ބާރުގަދަ ގޮއްވުންތަކަށް ބޭނުން ކުރާ ހައި އެކްސްޕްލޯސިވްގެ ވައްތަރުތަކެއް ކަމާއި، މި ވައްތަރުތަކުގެ އެކްސްޕްލޯސިވްސްގެ މަދު މިންވަރަކުން އިންސާނުންގެ ފުރާނައާއި، މުދަލަށް ބޮޑެތި ގެއްލުން ދެވިދާނެ ކަމަށް އެމްއެންޑީއެފް އީއޯޑީގެ ފަރާތުން ވަނީ ފާހަގަ ކުރައްވާފައި"

ފުލުހުން ބުނީ އެ އެކްސްޕްލޯސިވްގެ މާއްދާރައް ހިމެނޭ ކަމަށް ދެއްކި ސާމްޕަލްތައް ރާއްޖެއާއި ރާއްޖޭއިން ބޭރުން އިތުރަށް ތަހުލީލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އައްޑޫގައި ހުއްޓުވީ ގިނަ ބަޔަކު މަރައިލައިގެން ދޭން އުޅުނު ހަމަލާއެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އައްޑޫގެ އިތުރުން މާލެ އާއި ކ. ގުރައިދޫގައި ފުލުހުންނާ ސިފައިން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މިހާތަނަށް 14 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން 20 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 30 އަހަރުގެ މީހަކާއި 35 އަހަރުގެ މީހަކާއި 37 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މައްސަލައިގައި ހިމެނޭ 18 އަހަރުގެ މީހަކާއި 33 އަހަރުގެ ދެ މީހުންނާއި 35 އަހަރުގެ މީހަކާއި 46 އަހަރުގެ މީހަކަށް ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތު ދީފަ އެވެ. އޭގެ އިތުރުން 19 އަހަރުގެ މީހާ އާއި 27 އަހަރުގެ ދެ މީހުންނާއި 28 އަހަރުގެ މީހާއަށް 30 ދުވަހުގެ ބަންދުގެ މުއްދަތު ވަނީ ދީފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *