ރައީސް ސޯލިހާއި މިނިސްޓަރ ޝާހިދު

އދ. އެންމެ ބާރުގަދަ ދެ ކައުންސިލަށް ކުރިމަތިލުމަށް ރާއްޖޭން ނިންމާފައިވާކަން ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލާއި އިކޮނޮމިކް އަދި ސޯޝަލް ކައުންސިލަށް ރާއްޖެއިން ވާދަކުރަން ނިންމާފައިވާކަން އިޢުލާންކުރެއްވީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖެއިން ވާދަކުރުމަށް ނިންމާފައިވަނީ 2033 އިން 2034 ވަނަ އަހަރަށް ހިންގާ އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށާ 2027 ވަނަ އަހަރުން 2028 ވަނަ އަހަރަށް ހިންގާ، ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލުގެ ގޮނޑިއަކަށް ކަމަށެވެ.

މި އިންތިޚާބުތައް ދިވެހިރާއްޖެ ކާމިޔާބު ކޮށްފިނަމަ، އެއީ މި މަޤާމުތަކަށް ރާއްޖެ އިންތިހާބުވާ ފުރަތަމަ ފަހަރަށްވާނެއެވެ.

ރާއްޖެއާއި ދޭދޭ ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާ އޮންނަ ގުޅުން ހަރުދަނާކޮށް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ހަރަކާތްތެރިކަން އިތުރު ކުރުމަކީ ސަރުކާރުގެ ވައުދެއްކަން ހާމަކޮށް ފޮރިން މިނިސްޓްރީން ބުނީ ބައިނަލްއަގްވާމީ މައިދާނުގައިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކުރިއަރުވައި ރާއްޖެއަށް ރީތި ނަން ހޯދުމަކީވެސް ސަރުކާރުގެ ވައުދެއް ކަމަަށެވެ.

މި އިންތިހާބުތަކުގައި ވާދަކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވަނީ މި ވައުދުތަކަށް ބިނާކޮށް ގައުމަށް އަލިގަދަ މުސްތަގްބަލެއް ހޯދުމުގެ މަގްސަދުގައި ކަމަަށްވެސް ބުންޏެވެ.

ސަރުކާރުގެ މި ދަޢުރުގައި ވަނީ، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ދަޢުރު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ރީތި ނަން ހޯދުމަކީވެސް ސަރުކާރުގެ ވައުދެކެވެ. އަދި އެކަމުގައި މިހާތަނަށް ގިނަ ކާމިޔާބީތަކެއް އަންނަނީ ހޯދަމުންނެވެ.

އެގޮތުން ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އ.ދގެ އާއްމު މަޖިލިހުގެ ރިސާޔަތުވެސް ރާއްޖެއިން ވަނީ ބަލަހައްޓާފައެވެ. އދގެ އާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އެ ޖަމްއިއްޔާގެ އެންމެ އިސް އެއް މަގާމެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އދ.ގެ އާއްމު މަޖިލިހުގެ ރައީސްކަމުގެ މަޤާމު ފުރުއްވާފައިވަނީ 2021 ޖޫންމަހުން ފެށިގެން 2022 ޖޫންމަހާއި ހަމައަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *