މޯލްޑިވްސް ޓްރާންސްޕޯޓް އެންޑްކޮންޓްރެކްޓިން ކޮމްޕެނީ ( އެމްޓީސީސީ)ގެ ރާއްޖެ  ޓްރާންސްޕޯޓް  ލިންކު، އާރުޓީއެލް ފެރީގެ ހިދުމަތް ޅ.އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ އާރުޓީއެލް ފެރީގެ ހިދުމަތް ޅ.އަތޮޅުގައި ފަށާފައިވާއިރު ހަފްތާއެއް ވަންދެން ދަތުރުތައް ހިލޭ ކުރެވޭނެ ކަމަށެވެ. ހަފްތާއެއް ވަންދެން ދަތުރުތައް ހިލޭ ކުރަނީ ޅ.އަތޮޅުގައި ދިރިއުޅޭ ރައްޔިތުން ފެރީއަށް އަހުލުވެރިކުރުވުމަށް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެގޮތުން ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ދިނުމާ އެކު، ކަސްޓަމަރުންގެ ޚިޔާލާއި އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްޚިދުމަތް ހަރުދަނާކުރެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ފެރީގެ ހިދުމަތް ޅ.އަތޮޅުގައި ފަށާފައިވާއިރު، އެމްޓީސީސީން މިހާރުވެސް ދަނީ ހއ އަދި ހދގެ އިތުރުން ށ ގައި ކާމިޔާބު ކަމާއިއެކު ފެރީގެ ހިދުމަތް ދެމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *