ކުޑަކުދިންނަށް އާއްމުކޮށްޖެހޭ ހޭންޑް، ފުޓް އެންޑް މައުތު ބަލި ރާއްޖޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ހޭންޑް، ފުޓް އެންޑް މައުތު ޑިޒީސް އަކީ ކުޑަކުދިންގެ މެދުގައި ވަރަށް ބާރަށް ފެތުރޭ މޫސުމީ ބައްޔެކެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ހޭންޑް ފޫޓް އެންޑް މައުތު ޑިޒީސް ރާއްޖޭގައި ވަރަށް ހަލުވިކަމާއެކު ފެތުރެމުންދާތީ މިބަލީގެ އަލާމާތަތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމުކަމަށެވެ.

ކޮންމެ މީހަކަށް ވެސް މި ބަލި ޖެހުމުގެ ފުރުސަތު އޮންނަ ނަމަވެސް އާންމުކޮށް ކުޑަކުދިން އެއްވެ އެއްވެ އުޅޭ ތަންތަނުގައި މި ބަލި ފެތުރުން އިތުރުވެގެން ދިޔުމުގެ ފުރުސަތު އޮންނަ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

މިބަލި ޖެހުމުން ފެންނާނެ ޢަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުންއައިސް ބޮލުގައި ރިއްސާ ކަރުތެރެފާރުވުމާއި، ވަރުދެރަވުމާއި، ކާހިތްނުވުމުގެ އިތުރުން އަތްތިލައާއި ފައިތިލައިގައި ރަތްކުލައިގެ ބިހި ނެގުމަށްފަހު ފެން ފޮޅަކަށް އެ ބިހިތަށް ބަދަލުވުމެވެ.

މި ބަލި ފެތުރެނީ ބަލިޖެހިފައިވާ ކުއްޖާގެ ކުޅު އަރިދަފުސް ބޮޑުކަމުދާތަކެތި އަދި ފޮޅުން ނިކުންނަ ދިޔައިންނާއި، ކެއްސާ ކިނބިހި އަޅާއިރު ނޭވާލާ ނިޒާމުގެ ޒަރިއްޔާއިންނެވެ. މި ބަލީގެ ވައިރަސް ހަނޑިގަނޑުގައި އަށަގަންނަތާ 3 ދުވަހާއި 7 ދުވަހާއި ދެމެދު ބަލީގެ ޢަލާމާތްތަށް ފެންނަންފަށައެވެ.

މިބަލިން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ގިނަ ގިނައިން އަތްދޮވުމާއި، ޢާއްމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުމާއި ބަލިޖެހިފައިވާ ކުދިން ބޭރަށް ޚާއްސަކޮށް ސުކޫލަށް ނުގެންދިއުމުގެ އިތުރުން ބޭނުންކޮށްފައިވާ ނެޕީ، ޓިޝޫފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާލުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *