އިންޑިއާއިން ރާއްޖެއަށް އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި -- ފޮޓޯ: ދައުރު

މުއްދަތު ހަމަވެފައިވާ ލިޔެކިއުންތައް ބޭނުންކޮށްގެން އަންނަ އަހަރުގެ ފެބްރުއަރީން ފެށިގެން އެތެރޭގެ އުދުހުންތައް ނުކުރެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީއިން ބުނެފި އެވެ.

އެއާޕޯޓް އޮޕަރޭޓަރުންނާއި ލޯކަލް އެއާލައިންތަކުގެ އޮޕަރޭޓަރުންނާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ޑިފެންސް މިނިސްޓްރީން ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ފެބްރުއަރީ 22 އިން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ކާކުކަން ދެނެގަތުމަށް ބަލައިގަންނާނީ މުއްދަތު ހަމަނުވާ ލިޔެކިޔުން ތަކެވެ.

މުއްދަތު ހަމަވެފައިވާ އައިޑީ ކާޑާއި ޕާސްޕޯޓާއި ވޯކް ވިސާ ކާޑުގެ އިތުރުން ލައިސަންސް ކާޑާއި ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީކާޑު ނަންބަރު ޖެހި ރަސްމީ ލިޔުންތައް ބޭނުންކޮށްގެން އެތެރޭގެ ވައިގެ ދަތުރުފަތުރުތައް ކުރެވޭ ގޮތަށް ލުއި ދިނީ ކޮވިޑް-19ގެ ސަބަބުން ނެވެ.

ޑިފެންސުން ބުނީ ކޮވިޑްގެ ހާލަތާ ގުޅިގެން އައިޑެންޓިފިކޭޝަންގެ ގޮތުގައި ބޭނުންކުރެވޭ ލިޔެކިއުން ހޯދުމުގައި ދަތިކަން މެދުވެރިވާކަން އެ މިނިސްޓްރީއަށް ފާހަގަ ކުރެވުމާއި ގުޅިގެން އެ މައްސަލަ ހައްލު ކުރުމަށްޓަކައި ލިޔުންތަކުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް އޭގައި ހިމެނޭ މައުލޫމާތު ސާފުކޮށް އެނގޭނަމަ ރާއްޖޭގެ ވައިގެ ބަނދަރުތަކުން ދަތުރުކުރާ ފަރާތްތަކުން އެއާލައިން ޓިކެޓް ގަތުމަށާއި އެއާލައިނަށް ޗެކް ކުރުމާއި ސެކިއުރިޓީ ޗެކް ޕޮއިންޓްތަކުން ކާކުކަން ދެނެގަތުމަށްޓަކައި އެލިޔުންތައް ބޭނުން ކުރެވޭނެ ގޮތަށް މިހާރު ހަދާފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *