އާރްޑީސީން އަމީނީމަގު ހެދުމުގެ މަސައްކަތް ކުރަމުންދަނީ

އަމީނީ މަގުގެ މަސައްކަތް މަޑުޖެހިފައިވަނީ އެމްޑަބްލިއުއެސްސީން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް އަޕްގްރޭޑްކުރުމަށް ބޭނުންވާ ވަސީލަތްތައް ލިބިފައި ނުވާތީ މަގުގެ މަސައްކަތް މަޑުޖައްސާލުމަށް ޕްލޭނިން މިނިސްޓްރީން އެދިފައިވާތީ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިއަދު ބުނެފި އެވެ.

އާރްޑީސީން ބުނީ އަމީނީ މަގު ހެދުމުގެ މަސައްކަތްތައް ކުރިޔަށް ގެންދަނީ އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެގެން ކަމަށެވެ. އަދި އަމީނީމަގުގެ މަސައްކަތް 24 ގަޑިއިރު ކުރިއަށް ގެންދަށް ޖެހުނުނަމަވެސް އެ މަސައްކަތް  ކުރެވޭގޮތަށް ރޭވިފައިވާ ކަމަށް އާރްޑީސީޏް ބުނެއެވެ.

މި މަޝްރޫއަކީ އާރްޑީސީގެ އިތުރުން ގިނަ މުއައްސަސާތަކެއް ގުޅިގެން ކުރިޔަށްދާ މަޝްރޫއެކެވެ. އެގޮތުން މިވަގުތަށް މަޑު ޖައްސާލަން ޖެހިފައިވަނީ އެމްޑަބްލިއުއެސްސީން ފޯރިކޮށްދޭ ހިދުމަތް އަޕްގްރޭޑް ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށް ދެވިފައި ނުވާތީ ކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.

އަމީނީ މަގުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކުރި ދުވަހުން ފެށިގެން އެ މަގު ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ޕްލޭން ކޮށްފައިވާ ގޮތަށް ކަމަށެވެ.

އަމީނީ މަގުގައި ތާރު ނާޅާ އެމަގުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ މަސައްކަތުގެ ޕްލޭން އޮޅޭ ގޮތަށް ހަޤީގަތާއި ހިލާފަށް ދެކެވޭ ވާހަކަތަކެއް ކަމަށް އާރްޑީސީން ބުނެއެވެ. އެހެންނަމަވެސް މި ވަގުތަށް އެ މަގުގެ މަސައްކަތް މަޑު ޖައްސާލަން ޖެހިފައިވާކަން ހިތާމައާއެކު ފާހަގަ ކުރާ ކަމަށް އާރްޑީސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އާރްޑީސީ އިން ބުނި ގޮތުގައި މިހާރު މަސައްކަތްތައް މަޑު ޖައްސާލަން ޖެހިފައިވަނީ އެމްޑަބްލިއުއެސްސީ އިން ދެމުން ގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީފައިނުވާތީ އެވެ. މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދެވޭ ވަރަށް ވަސީލަތްތައް ފޯރުކޮށް ދެވެންދެން އަމީނީމަގުގެ މަސައްކަތް މަޑުޖައްސާލުމަށް ހައުސިން މިނިސްޓްރީން އެދިފައިވާ ކަމަށްވެސް އާރްޑީސީން އިން ވަނީ ބުނެފަ އެވެ.

އާރްޑީސީން ބުނީ އަމީނީމަގުގެ ފުރަތަމަ ފިޔަވަހީގައި ތާރުއެޅުން ފިޔަވާ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާ ކަމަށެވެ. އަމީނީމަގުގައި ތާރު އަޅަން ނިންމާފައިވަނީ ބާކީ ހުރިހާ މަސައްކަތެއް ބިލަބޮންގް ސްކޫލާއި ހަމައަށް ދިއުމުން ކަމަށާއި ތާރު ނޭޅި ނަމަވެސް އެހެނިހެން މަސައްކަތްތައް ނިމޭ ވަރަކުން އުޅަނދުތައް ދުއްވުމައްޓަކައި މަގު ހުޅުވާނެ ކަމަށް އާރްޑީސީން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *