ޕޭމަންޓް އިންޑަސްޓްރީގެ ގްލޯބަލް ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ މާސްޓާ  ކާޑާއި އެކު އެމްއޯޔޫއެއްގައި ސޮއިކޮށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޑެޓް (އެޗްޑީސީ) ން ސިޓީ  ޕޮސިބަލް ޕްރޮގްރާމްގެ މެމްބަރަކަށް ވުމަށް މިއަދު ސޮއިކޮށްފި އެވެ.

އެޗްޑީސީން ބުނީ މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން އެ ކޯޕަރޭޝާންގެ ސްމާޓް ސިޓީ އިނިޝިއޭޓިވްއަށް އެކިއެކި ފައިދާތައް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ދުނިޔޭގެ ސިޓީތަކުގެ ތަޖުރިބާއިން އާބަން ގޮންޖެހުންތަކަށް ހައްލު ހޯދާ، ދެމެހެއްޓެނިވި ގޮތެއްގައި އުމްރާނީ ވަސީލަތްތައް ކުރިއެރުވުމަށް އެހެން ސިޓީތަކުން ހޯދާ އާ ހައްލުތައް ހުޅުމާލޭގައި ނަކަލު ކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަށް ހުޅުމާލެ ހެދުމަށްޓަކަށް އެޗްޑީސީން އަންނަނީ ސްމާޓްކޮމްގެ ނަމުގައި ހާއްސަ ބްރޭންޑެއްގެ ދަށުން ހުޅުމާލޭގައި ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ގާއިމުކޮށް ތަފާތު ސްޟާޓް ސިޓީ ސޮލިއުޝަންތައް ތައާރަފް ކުރަމުންނެވެ.

ސިޓީ ޕޮސިބަލް އަކީ އާބަން އިނޮވޭޝަން ބައިނަލްއަގްވާމީ އާ މެޑެލެއްގެ ނެޓްވޯކެކެވެ. ބައިނަލްއަޤްވާމީ ސިޓީ ތަކާއި ވިޔަފާރިތަކާއި ތަޖުރިބާކާރުންގެ މައްޗަށް އެކުލެވޭ މި ނެޓްވޯކް ގުޅިގެން ދުނިޔޭގެ ސިޓީތައް ދެމެހެއްޓެނިވި އަދި އިންކްލޫސިވް ސިޓީތަކަށް ހެދުމަށްޓަކައި މަސައްކަތް ކުރެއެވެ.

ސިޓީ ޕޮސިބަލް ނެޓްވޯކުގައި 300 އަށްވުރެ ގިނަ ސިޓީ ހިމެނޭ އިރު މި ނެޓްވޯކް ވަނީ 50 ގައުމެއްގައި 600 އަށް ވުރެ ގިނަ މުޖުތަމައުތަކަށް ފުޅާވެފައެވެ.

މި ޕްރޮގްރާމުގެ ދަށުން މުޖުތަމައުތަކަށް ދިމާވާ ތަފާތު މައްސަލަތަކަށް ހައްލުތައް ހޯދުމުގައި އެއްބާރުލުން ދިނުމާއި، ތަރައްޤީއަށް ހިޔާލު ފާޅުކުރުމާއި އިންކްލޫސިވް އިގްތިސާދީ ތަރައްޤީ ހީދުމުގެ އިތުރުން މެންބަރު ސިޓީ ތަކަކީ އެ މުޖުތަމައަކަށް ލިބެން ހުރި ވަސީލަތްތައް ބޭނުންކުރުމުގެ ގާބިލުކަން ދެމެހެއްޓެނިވި ގޮތެއްގައި ލިބިފައިވާމުޖުތަމައުތަކށް ހެދުމަށް އެހީތެރިވުމެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *