އިންޑިއާގެ ނިއުދެއްލީގައި ބައްޕައަކު، އާއިލާގެ އަބުރު ރައްކާތެރިކުރުމަށް، 21 އަހަރުގެ އަންހެން ދަރިގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.

އިންޑިއާ ޓައިމްސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ހަފްތާގައި އުއްތަރު ޕްރެދޭޝްގައި ހުންނަ ޔަމުނާ އެކްސްޕްރެސް ވޭ އިން މަރާލުމަށް ފަހު ރަތްކުލައިގެ ފޮއްޓަކައި ލައިފަ އޮތް އަންހެނެއްގެ ހަށިގަނޑު ވަނީފެނިފައެވެ. އެ މައްސަލައިގަ، މަރާލާފައިވާ އަޔޫޝީ ޗޯދްރީގެ މައިންބަފައިން ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެންގޮސްފައެވެ.

ނިތޭޝް ޔަދަވް އޭނާގެ އަންހެން ދަރިކަމަށްވާ އަޔޫޝީ ގަޔަށް ބަޑިޖަހައި މަރައިލީ، ނުބުނެ ދުވަސްކޮޅަކަށް ބޭރަށް ދިއުމުން އެކަމާއި ރުޅިއައިސްގެންނެވެ. މީގެއިތުރުން، އަޔޫޝީ ދީނީ ގޮތުން އެހެން ފަންތިއަކަށް ނިސްބަތްވާ ފިރެހެނަކާ ކައިވެނި ކޮށްގެން ގިނަ ވަގުތު ގެއިން ބޭރުގައި އުޅޭތީ ޔަދަވް ހުންނަނީ އެކަމާއި ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަމަށްވެސް ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވެއެވެ.

އަޔޫޝީ މަރާލާފައިވަނީ، އޭނާގެ މަންމަ އަދި ބޭބެގެ ހާޒިރުގައެވެ. ބަޑިޖަހައި މަރާލުމަށްފަހު ޔަދަވް ވަނީ އަޔޫޝީގެ ހަށިގަނޑު 12 ގަޑިއިރު ވަންދެން ގޭގައި ބާއްވާފައެވެ. ދަންވަރު ވަންދެން ގޭގައި ދަރިފުޅުގެ ހަށިގަނޑު ބޭއްވުމަށްފަހު، ދަންވުމުން، އަޔޫޝީގެ މަންމަ އަދި ބައްޕަވެގެން، ހަށިގަނޑު ރަތްކުލައިގެ ފޮއްޓަކަށް ލުމަށްފަހު ވަނީ އެއްލައިލާފައެވެ.

ފުލުހުންނަށް ފުރަތަމަ އަޔޫޝީގެ މަރުގެ މައްސަލަ ތަހްގީގު ކުރަމުން ދިޔައިރު އާއިލާއަށް ޝައްކުކުރެވުނީ، އަޔޫޝީ ގެއްލިގެން އެކަމުގެ އެއްވެސް ރިޕޯޓެއް އާއިލާއިން ނުކުރާތީއެވެ. ފުލުހުން މިހާރު ދަނީ އަޔޫޝީގެ ބައްޕަ ހައްޔަރުކޮށްގެން ތަހްގީގު ކުރިއަށް ގެންދަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *